އެލައިޑް އިންޝުއަރެންސްގެ އިންސްޓަގްރާމް ފޮލޯވަރުންނަށް އަމާޒުކޮށްގެން، އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަން ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ. "އެލައިޑް އައިފޯން ޑްރޮޕް" ގެ ނަމުގައި ކުރިއަށްގެންދާ މި ގިވްއަވޭ ކެމްޕެއިން މިއަދު ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.
މި މަހުގެ 10 އިން ފެށިގެން އަންނަ އޭޕްރިލް މަހުގެ 10 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި އެލައިޑްގެ އިންސްޓަގްރާމް ޕޭޖް ފޮލޯކުރަން ޖެހެއެވެ. އަދި ކެމްޕެއިނާ ގުޅޭ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި ތަފާތު 6 އެކުވެރިން ޓެގްކޮށް، އެ ޕޯސްޓު އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ޝެއަރ ކުރަން ޖެހޭނެ ކަމަށް އެލައިޑް އިންޝުއަރެންސުން ބުނެއެވެ.
މި ޕްރޮމޯޝަނުގައި ގިނަ ކޮމެންޓްތައް ކުރާ ފަރާތްތަކަށް ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުވާނެއެވެ. ނަމަވެސް ކޮންމެ ކޮމެންޓެއްގައި ވެސް ތަފާތު 6 މީހުން ޓެގްކުރަން ޖެހޭނެއެވެ. ޕްރައިވެޓް އެކައުންޓް ގެންގުޅޭ ފަރާތްތަކުން ސްޓޯރީއަށް ޕޯސްޓް ކުރުމަށްފަހު، އޭގެ ސްކްރީންޝޮޓެއް އެލައިޑްގެ އިންސްޓަގްރާމް މެސެޖަށް ފޮނުވުމުން ބައިވެރިވުން ކަށަވަރުވާނެއެވެ.
އެލައިޑުން ބުނީ މިފަދަ ކެމްޕެއިނެއްގެ ބޭނުމަކީ ސޯޝަލް މީޑިއާގައި އެ ކުންފުނި ފޮލޯކުރާ ފަރާތްތަކަށް އަގުހުރި ހަދިޔާއެއް ހޯދުމުގެ ފުރުސަތު ދިނުން ކަމަށެވެ. އެލައިޑްގެ އުންމީދަކީ ވީހާވެސް ގިނަ ބޭފުޅުން މި ފުރުސަތުގެ ބޭނުންހިފައި، މި ކެމްޕެއިނުގައި ބައިވެރިވުމެވެ.
