އިރާގާއި އީރާނުގެ މަސްރަހު ގޯސްވެ، އެމެރިކާގެ ހުރިހާ ރައްޔިތުން އިރާގުން ފޭބުމަށް ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީން އަންގައިފިއެވެ. މިއަދު ނެރުނު މި "ވައިޓް އެލާޓް" ގައި ބުނެފައިވަނީ އީރާނާއި އެގައުމަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުން އިރާގުގައި ހުރި އެމެރިކާގެ ތެޔޮ ވަސީލަތްތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމެރިކާ އެމްބަސީން ބުނީ އިރާގުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތުމުގެ ސަބަބުން މިވަގުތު ފްލައިޓްތައް ބޭނުން ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެގައުމުގައި ތިބި އެމެރިކާ މީހުން އުރުދުން، ކުވޭތު، ސައުދީ އަރަބިއްޔާ ނުވަތަ ތުރުކީ މަގުން އެއްގަމު ދަތުރުފަތުރު ބޭނުންކޮށްގެން ވީހާވެސް އަވަހަކަށް ގައުމުން ފޭބުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގައުމުން ނުފޭބޭ މީހުން ކާބޯތަކެއްޗާއި ބޭސް ރައްކާކޮށްގެން ރައްކާތެރި ތަންތަނުގައި މަޑުކުރުމަށްވެސް އޮފީހުން ވަނީއެދިފައެވެ.

މިދިޔަ ފެބުރުއަރީ މަހުން ފެށިގެން އިންޑިއާ ހިމެނޭހެން ބައިނަލްއަގުވާމީ މަސްރަހުގައި އެމެރިކާ އާއި އީރާނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެމްބަސީން ބުނީ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން މީގެ ކުރިންވެސް ޓޫރިސްޓުން ހުންނަ ހޮޓާތަކަށް ހަމަލާދީފައިވާ ކަމަށާއި، މިހާރު އޮތް ނުރައްކަލަކީ އާންމުންގެ ސަލާމަތަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.