އީރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ބޭނުންވާ މައިގަނޑު ޝަރުތުތައް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހާމަކުރައްވައިފިއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރަހައްދީ ސުލްހައަށް އީރާނުން އަބަދުވެސް ތާއީދުކުރާ ކަމަށާއި، ނަމަވެސް ހަނގުރާމަ ހުއްޓާލެވޭނީ އީރާނުގެ ހައްގުތައް ބަލައިގަނެގެން ކަމަށެވެ.

މި ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި މައިގަނޑު ތިން ޝަރުތަކީ، އީރާނުގެ އަމިއްލަ މިނިވަންކަމާއި ހައްގުތައް ބައިނަލްއަގުވާމީ ގޮތުން ބަލައިގަތުމާއި، ހަނގުރާމައިގައި ލިބުނު ގެއްލުންތަކަށް ފުރިހަމަ ބަދަލު ދިނުމެވެ. މީގެ އިތުރުން، ކުރިމަގުގައި އީރާނަށް އެއްވެސް ކަހަލަ ހަމަލާއެއް ނުދޭނެކަމުގެ ބައިނަލްއަގުވާމީ ވަރުގަދަ ގެރެންޓީއެއް ބޭނުންވާނެ ކަމަށްވެސް ރައީސް ޕެޒެޝްކިއަން ވިދާޅުވިއެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން ރަޝިޔާ އަދި ޕާކިސްތާނުގެ ލީޑަރުންނާ ވާހަކަދައްކަވާފައިވާ ކަމަށް އީރާނުން ބުންޏެވެ.

"މި ހަނގުރާމައަކީ އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައެއް،" ރައީސް ވިދާޅުވިއެވެ.

މި މަސްރަހު ފިނިކުރުމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އީރާނުގެ ސުޕްރީމް ލީޑަރު އަވަހާރަވުމާ ގުޅިގެން މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.