މި ދުނިޔޭގައި ތަފާތު އިންސާނުން ދިރިއުޅެއެވެ. ފަރުވާކުޑަކަމާއި ކަންނެތްކަމުގައި ދުވަސްތައް ހޭދަކުރާމީހުން މަދެއްނޫނެވެ. އަދި ހީވާގިކަމާއި މުރާލިކަމުގައި ދުވަސްތައް ހޭދަކުރާމީހުންވެސް އެހާމެ ގިނައެވެ.

އުމުރުން 21 އަހަރުގެ ޖޯއީ ނަމަކަށް ކިޔާ މި މީހާ ދަތް ނޫނގުޅާތާ 20 އަހަރު ވެއްޖެއެވެ. އޭނާ ހޮސްޕިޓަލަށް ދިޔައީ އާދަޔާ ހިލާފަތް ދަތްތަކުގައި ރިހި، ދަތްތައް ފަނި ކައިފައި ހުރުމުންނެވެ. ހޮސްޕިޓަލުން އޭނާ ބެލި ޑަކްޓަރާ ހަވާލާދީ ރިޕޯޓުތައްބުނާ ގޮތުން އޭނާގެ މަތީ ދަތްޕިލައިގެ ހުރިހާ ދަތެއް ހުރީ ފަރުވާ ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެހެން ކަމުން އޭނާގެ އެ ދަތްތައް ވަނީ ނަގާފައެވެ. އަދި ބަދަލުގައި ދަތްޕިލައެއް ވަނީ ޖަހާފައެވެ.

ޖޯއީ ބުނާ ގޮތުގައި އޭނާ އަކީ ފަގީރު އާއިލާއެއްގެ މީހެއް ނޫންކަމަށެވެ. އަދި އޭނާ ބޮޑުވެގެން އައީވެސް ފަގީރު ކުއްޖެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް އޭނާ ބޮޑުވަމުން އައި ދުވަސްވަރު ދުވަހަކުވެސް ދަތް އުނގުޅި ހަނދާނެއް އޭނާ ނުވެއެވެ. އަދި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށްވެސް އޭނާ އަށް އެނގިފައެއް ނެތެވެ. އޭނާ ގަބޫލު ކުރާގޮތުގައި ދަތް އުނގުޅުމަކީ މޭކަޕް ކުރާ އުސޫލުން ޒީނަތްތެރިވުމަށް ކުރާ ކަމެކެވެ. ސުކޫލު ދައުރުގައު ދަތް އުނގުޅުމުގެ މުހިންމުކަން އެނގިފައި އޮތަސް އޭނާ އެކަން ގަބޫލެއް ނުކުރެއެވެ.

މިހާލަތު ކުރިމަތިވެ ދަތްޕިލައެއް ޖަހަން ޖެހުމުންވެސް އޭނާ ކުށްވެރި ކުރީ ޗޮކުލެޓު އުފައްދާ ކުންފުނިތަކާއި އެނާޖީ ޑްރިންކްސް އުފައްދާ ކުންފުނިތަކެވެ.