ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ދުވާލަކު އެވްރެޖްކޮށް 7,554 ޓޫރިސްޓުން ރާއްޖެއަށް އަންނަކަން ހާމަވެއްޖެއެވެ. . މީގެ ތެރެއިން އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން މިހާތަނަށް 85,679 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިޔާއެވެ. ރަޝިޔާއިން 65,492 ޓޫރިސްޓުން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިޓަލީން 51,942 ޓޫރިސްޓުން ވަނީ އައިސްފައެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އެތެރެވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެ އެއާޕޯޓުން 538,013 ޓޫރިސްޓުން އެތެރެވެފައިވާއިރު، ދެވަނައަށް އެންމެ ގިނަ މީހުން އެތެރެވީ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މިހާރު ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 180 ރިސޯޓާއި، 924 ގެސްޓް ހައުސްގެ އިތުރުން 171 ސަފާރީ އާއި 16 ހޮޓެލް އޮޕަރޭޓް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓުގައި ބުންޏެވެ.