ހޯމްޒް ކަނޑުއޮޅި ހުޅުވަން ނޭޓޯގެ ގައުމުތަކުގެ އެހީއަށް އެމެރިކާގެ ރަޢީސް ޑޮނަލްޑު ޓްރަމްޕް އެދިއްޖެއެވެ.
މިއަދު އާންމުކުރި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ހޯމްޒް ކަނޑުއޮޅިން ފައިދާލިބޭ ގައުމުތަކުން އެމެރިކާގެ ކޯލިޝަނާ ގުޅިގެން ހަނގުރާމަ މަތީ ބޯޓުފަހަރު ފޮނުވަން ޖެހޭ ކަމަށެވެ. ޔޫކްރޭނަށް އެމެރިކާއިން އެހީވި ފަދައިން، މިހާރު އެމެރިކާއަށް އެހީވުމުގެ ވަގުތު ޖެހިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. ޓްރަމްޕް ވަނީ ނޭޓޯގެ ގައުމުތަކުގެ އިތުރުން ޗައިނާ، ޖަޕާން އަދި ސައުތު ކޮރެއާ ފަދަ ގައުމުތަކުން ވެސް މި ކަމުގައި އެހީތެރިވުމަށް އެދިފައެވެ. އޭނާ ވިދާޅުވީ ނޭޓޯއަކީ ހަމައެކަނި އެއްކޮޅަށް ދުއްވާ މަގެއް ނޫން ކަމަށެވެ.
މިހާތަނަށް ގިނަ ގައުމުތަކުން މި ކަމަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ޖަޕާނާއި އޮސްޓްރޭލިއާއިން ވަނީ ބޯޓުފަހަރު ފޮނުވަން ބޭނުން ނުވާ ކަމަށް ބުންޏެވެ. އީރާނުން ބުނަމުންދަނީ އެ ގައުމުގެ ޝަރުތުތައް ފުރިހަމަ ނުވަނީސް ކަނޑުއޮޅި ނުހުޅުވާނެ ކަމަށެވެ. މި މައްސަލައިގެ ސަބަބުން ނޭޓޯގެ ގައުމުތަކާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. ސޯޝަލް މީޑިއާގައި ވެސް މި ކަމާ ގުޅޭގޮތުން ދަނީ ބޮޑެތި ބަހުސްތަކެއް ކުރަމުންނެވެ.
