އިބްރާހިމް ޒިޔަތަކީ މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު ފުރުއްވާފައިވާ، ކުންފުނި ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާއަކީ ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ. މި އައްޔަންކުރުމާއެކު އެމްޕީއެލްގެ ހިންގުމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ޒިޔަތު މަގާމާ ހަވާލުވެވަޑައިގަތުމާއެކު، އެމްޕީއެލްގައި މިވަގުތު ތިން ޑެޕިއުޓީ ސީއީއޯ އިން ތިއްބަވާނެއެވެ. ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެންނަ ބަދަލުތަކުގެ ތެރެއިން، ޒިޔަތު ފަދަ ތަޖުރިބާކާރު ބޭފުޅުން މުހިންމު މަގާމުތަކަށް އައްޔަންކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
