ރީތިކޮށް ހުރުމަކީ އަހަރެމެން އެންމެންވެސް ވަރަށް ބޭނުންވާ ކަމެކެވެ. ތިމާގެ ހަންގަނޑު އުޖާލާވެފައި ރީތިވުމަށް އެދެވެއެވެ. ހަންގަނޑު ހިކި ކުރަކިވުމަކީ ހޫނު ދުވަސްވަރުގައި އާންމު ކަމެކެވެ. އެހެންކަމުން އަގުބޮޑު ކެމިކަލްތައް ބޭނުންކުރުމުގެ ބަދަލުގައި ޤުދުރަތީ ބާވަތްތަކުން ހަންގަނޑު އުޖާލާކަންމަތީ ބަހައްޓާނެ ބައެއްގޮތްތައް ޙިއްސާކޮށްލާނަމެވެ.

ގިނަގިނައިން ފެން ބުއިން

ހަންގަނޑު އުޖާލާކޮށް ބެހެއްޓުމަށް ކުރަންޖެހޭ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކީ އެކަށީގެންވާ މިންވަރަށް ފެން ބުއިމެވެ. އާންމު ގޮތެއްގައި ދުވާލަކު 8 ތަށި ފެން ބުއިމުން ފުދުނަސް ހޫނުގަދަ ދުވަސްވަރު ފެން ބުއިން އިތުރުކުރަން ޖެހޭނެއެވެ. އެގޮތުން މަދުވެގެން 12-14 ތަށީގެ ފެން ބޭނުންވާނެއެވެ. ހަންގަނޑަށް ފެން އެހާ މުހިންމު އެއްޗަކަށް ވަނީ، ހަށިގަނޑުގައި އުފެދިފައި ހުންނަ ވިހަތައް ފެނުގެ ސަބަބުން ނެތިގެން ދާތީއެވެ.

ކުރުނބާ ފެން

ކުރުނބާ ފެނަކީވެސް ހަންގަނޑު އުޖާލާކޮށް ބެހެއްޓުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. މޫނު މަސާޖުކުރަން ވަރަށް ރަނގަޅު އެއްޗެއްކަމަށް ކަމުގެ މާހިރުން ބުނާ ކުރުނބާ ފެނަކީ ފަސޭހައިން ލިބެން ހުންނަ ފެނެކެވެ.

ފިނި ފެން (ރޯސް ވޯޓަރ)

މިއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ހޫނު މޫސުމުގައި ފިނި ފެން ބޭނުންކޮށްގެން މޫނު ދޮންނަނަމަވެސް ހަންގަނޑު އުޖާލާކޮށްދޭނެއެވެ.

ދޮންކޭލާއި ކިރު

ދޮންކޭލާއި ކިރުން ޕޭސްޓެއް ތައްޔާރުކުރުމަށްފަހު ބޭނުން ކުރުމަކީވެސް ހަންގަނޑު އުޖާލާކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ. ދިޔާ ކިރުގެ ތެރެއަށް ދޮންކެޔޮކޮޅެއް އަޅާލައިގެން ޕޭސްޓެއް ތައްޔާރުކުރުމަށްފަހު ހާކާފައި 15-20 މިނެޓް ފަހުން އައިސް ފެނުން ދޮންނާނީއެވެ.

ކިއުކަމްބާ އަދި ކަރާ

ދޮންކޭލާއި ކިރު ބޭނުންކޮށްގެން ޕޭސްޓް ތައްޔާރުކުރި ގޮތަށް ކިއުކަމްބާއާއި ކަރާ އެއްވަރަށް އަޅައިގެން ޕޭސްޓެއް ތައްޔާރުކޮށްގެން ބޭނުންކުރެވިދާނެއެވެ. މި ޕޭސްޓުވެސް ހާކާފައި 15-20 މިނެޓު ވަންދެން ބެހެއްޓުމަށްފަހު އައިސް ފެނުން ދޮންނާނީއެވެ.

މީގެ އިތުރުންވެސް ޤުދުރަތީ އެތައް ބާވަތަކުން ހަންގަނޑު އުޖާލާކޮށް ބެހެއްޓުމަށް އެތައް ކަމެއް ކުރެވިދާނެއެވެ. އަދި މިއިން ކޮންމެ ގޮތަކީ ކޮންމެ މީހަކަށް މަސައްކަތް ނުކޮށްފާނެ ގޮތްތަކެއްކަންވެސް ހަނދާންކުރަން ޖެހެއެވެ.