ކިރަކީ އެއިން އެތައް ފައިދާއެއް ހަށިގަނޑަށް ލިއްބައިދޭ އެއްޗެކެވެ. ހެދިބޮޑުވުމަށް ބޭނުންވާ ވިޓަމިންސްގެ އިތުރުން ކަށިތަކަށް ބޭނުންވާ ކެލްސިއަމްވެސް ގިނަ އަދަދަކަށް ކިރުން ލިބެއެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ކިރުން ތައްޔާރުކުރާ ކެއުންބުއިމާއި ބޭނުންކުރާ ގޮތާއި ވަގުތުވެސް ތަފާތެވެ. ތަޖުރިބާކާރުންނާއި ބޭސްވެރިން ބުނާގޮތުގައި ބޮޑެތި މީހުންނާއި ކުޑަކުދިން ކިރު ބޯން ޖެހޭ ވަގުތުވެސް ތަފާތެވެ. އެގޮތުން ކުޑަކުދިން ކިރު ބޯން އެންމެ ރަނގަޅީ ހެނދުނުގެ ވަގުތު ކަމަށާއި ބޮޑެތި މީހުން ކިރު ބޯން އެންމެ ރަނގަޅީ ރޭގަނޑު ނިދުމުގެ ކުރިން ކަމަށް ތަޖުރިބާކާރުންނާއި ބޭސްވެރިން ބުނެއެވެ.
ކިރަކީ ހަޖަމުކުރުމަށް އެހީވެދޭ ބުއިމެއްގެ އިތުރުން ބަނޑުހައިކަން ފިލުވައިދީ ނިދުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ. ކިރު ބޮއިގެން ނިދުމުން، ނިދީގެ ތެރޭގައި ކިރުގައި ހުންނަ ކެލްސިއަމް ހަށިގަނޑަށް ނަގާ މިންވަރު އިތުރުކޮށްދެއެވެ.
ކިރުން ލިބޭ ބައެއް ފައިދާތައް:
* ކަށިތައް ވަރުގަދަކުރުމަށް ބޭނުންވާ ކެލްސިއަމް ލިބޭ
* ހެދިބޮޑުވުމަށް ބޭނުންވާ ޕްރޮޓީންސް، ވިޓަމިންސް އަދި ފޮސްފޮރަސް ލިބޭ
* ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް މެއިން ދިލަ ނެގުމުގެ މައްސަލަ ހައްލުކޮށްދޭ
ކޮންމެ ދުވަހަކު އާދަވެ 3-4 ތަށި ކިރު ބުއިމަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެކެވެ. ނަމަވެސް އެއީ ފުލްކްރީމް ކިރު ނަމަ އެ މިންވަރު 2 އަށް މަދުކޮށްލަން ވާނެއެވެ. ސަބަބަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ގިނައިން ކިރު ބުއިމަކީ ބަރުދަން އިތުރުވާ ކަމަކަށް ވާތީއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން