އުރީދޫން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ކަރާ ފެޅުން" ގޭމަށް ލިބެމުންދާ ބޮޑު ތަރުހީބާ ގުޅިގެން، އެ ގޭމު ކުރިއަށް ގެންދާ މުއްދަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އެ ކުންފުނިން އިތުރުކޮށްފިއެވެ. މި ބަދަލާއެކު، 100،000 ރުފިޔާގެ އަގުހުރި ބޮޑު އިނާމު ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުރިހާ ޓީމުތަކަކަށް ވެސް ހުޅުވާލާފައެވެ. މިއީ ކޮންމެ ބައިވެރިއަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.

މި މުބާރާތުގެ ބޮޑު އިނާމުގެ ގޮތުގައި ހިމެނެނީ ވަރަށް އަގުހުރި ތަކެއްޗެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސް އާއި، މެކްބުކް އާއި، ޕޮކެޓް އޮސްމޯ ގެ އިތުރުން ދެ ޑްރޯން ހިމެނެއެވެ. އުރީދޫ އެޕް މެދުވެރިކޮށް ކުޅެވޭ މި ގޭމަކީ ރޯދަ މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް މަގުބޫލު ގޭމެކެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު ވެސް ހިލޭ ޑޭޓާ އާއި، ފައިސާގެ އިނާމާއި، އެއާ ޕިއުރިފަޔާ ފަދަ ސާމާނު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

މިކަމާ ގުޅޭގޮތުން އުރީދޫގެ ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅިވީ ކަރާ ފެޅުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ބޮޑު ތަރުހީބެއް ލިބެމުންދާތީ އުފާކުރާ ކަމަށެވެ. މި ކެމްޕޭނުގެ މުއްދަތު އިތުރުކުރުމުގެ މުހިންމު ބޭނުމަކީ ވީހާވެސް ގިނަ ބަޔަކަށް މި އަގުހުރި އިނާމުތައް ލިބުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއީ ރޯދަ މަހު އެންމެން ގުޅުވައިދޭ ފަދަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތެކެވެ. އުރީދޫން ވަނީ ހުރިހާ ކަސްޓަމަރުން ވެސް މި ފޯރީގައި ބައިވެރިވެ، ބާކީ އޮތް ދުވަސްތަކުގައި "ކަރާ ފެޅުން" ކުޅެގެން ބޮޑެތި އިނާމުތައް ހޯދުމަށް ދައުވަތު ދީފައެވެ