ދިވެހިރާއްޖޭގެ ތަޢުލީމީ ބިނާގެ އެންމެ ވަރުގަދަ އެއް ތަނބަކީ، އާދައިގެ މަތިން މަސައްކަތްކުރައްވާ މުދައްރިސުންނެވެ. މިގޮތުން، ތ. ވިލުފުށީ، ފިނިފެންމާގެ، އިބްރާހިމް ނަޢީމް ނުވަތަ އެންމެންގެ ބަހުންނަމަ "ނަޢީމް ސަރ" އަކީ ފާހަގަކޮށްލެވޭ ފަދަ ނަމޫނާ ޝަޚުޞިއްޔަތެކެވެ. ނައީމް (ނައީމް ސަރ) އަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، ފަންނީ މަސައްކަތްތަކުގެ އިތުރުން ޤައުމީ ޚިދުމަތުގައި ނަމޫނާ ދެއްކެވި ބޭފުޅެކެވެ. އިލެކްޓްރޯނިކްސްއާ އިންފޮމޭސަން ޓެކޮލޮޖީގެ ދާއިރާއިން ޚާއްޞަވެވަޑައިގެންފައިވާ ނައީމް ސަރގެ މަސައްކަތުގެ ބިންގާ އެޅިފައިވަނީ ބުރަ މަސައްކަތާއި ކިޔެވުމަށް އޮތް ލޯތްބެއްގެ މައްޗަށެވެ.
ފެށުމާއި ކުރިއެރުން
ނަޢީމް ސަރގެ ކިޔަވައިދިނުމުގެ ދަތުރު ފެށުނީ 1981 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ އަމިއްލަ ސްކޫލެއްގައި ގްރޭޑް 2 ގެ ދަރިވަރުންނަށް ހިސާބު މާއްދާ ކިޔަވައިދެއްވަން ފެއްޓެވި ނަމަވެސް، އޭގެ ފަހުން ތަފާތު އެކި މާއްދާތައް އެކި ލެވެލްތަކުގައި އޭނާ ވަނީ އުނގަންނައިދެއްވާފައެވެ. އެ ދުވަސްވަރުގެ އެންމެ ދުވަސްވީ އެއް އަމިއްލަ މަދަރުސާ ކަމަށްވާ "އާލިއާ ސްކޫލް" ގައި އޭނާގެ ޚިދުމަތް ފާހަގަކޮށްލެވެއެވެ. މިގޮތުން 1981 ވަނައަހަރުން 1982ވަނަ އަހަރަށް މެތުސް ޓީޗަރއެއްގެ ވަޒީފާ އަދާކުރައްވަވައި،އަދި އެއަށްފަހު އިންގްލިޝް އަދި ޝޯސަލް ސްޓަޑީޒް ކިޔަވައިދެއްވަވައި އެއަށްފަހު 1996ވަނައަހަރުގައި އާލިއާ ސްކޫލް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތުވެސް އުފުއްލެވީ ނަޢީމް ސަރއެވެ.
1981އިން ފެށިގެން މިއަދާ ހަމައަށްވެސް ނަޢީމް ސަރއަކީ ކިޔަވައިދިނުމުގެ މައިދާނުގައި ހީވާގިކަމާއެކު ދެމިހުންނެވި ބޭފުޅެކެވެ. އަމިއްލަ ސްކޫލްތަކުން ފެށިގެން ސަރުކާރުގެ ބޮޑެތި މަދަރުސާތަކާއި، ފަންނީ ތަމްރީނުދޭ މަރުކަޒުތަކުގައި އޭނާ ކުރެއްވި މަސައްކަތަކީ ދިވެހި އުންމަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތެކެވެ. ނަޢީމް ސަރއަކީ ކެތްތެރިކަމާއި، ޢިލްމީ ޤާބިލުކަމުގެ ފުރިހަމަ ނަމޫނާއެކެވެ
ތަޢުލީމީ ރަންގަޅު ބިންގަލެއް
ސަރުކާރުން ލިބުނު ސްކޯލަރޝިޕެއްގައި 1984 ވަނަ އަހަރު އިނގިރޭސިވިލާތަށް ވަޑައިގެން، ލެޗްވާތު ސްކިލްސެންޓަރގައި އިލެކްޓްރޯނިކްސް ކިޔަވައި ވިދާޅުވުމަށްފަހު ސިޓީ އެންޑް ގިލްޑްސް އޮފް ލަންޑަން ސެޓްފިކެޓް ޙާސިލުކުރައްވައި އެއަށްފަހު ލެޗްވާތު އިންސްޓްރަކްޓަރ ޓްރެއިނިންގ ކޮލެޖްގައި އިލެކްޓްރޯނިކްސްއިން އިންސްޓްރަކްޓަރ ޓްރެއިނިންގ ފުރިހަމަކުރެއްވިއެވެ. އެނބުރި ރާއްޖެ ވަޑައިގެން ވީޓީސީގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި 5 އަހަރު ހޭދަކުރެއްވިއެވެ. އެ މަސައްކަތާއެކުވެސް ފިޒިކްސް އާއި ސައިންސް ކިޔަވައިދެއްވުމުގައި އޭނާ ދެމިހުންނެވިއެވެ. ތަޢުލީމީ ދާއިރާގައި އިތުރަށް ކުރިއަށް ދިއުމަށްޓަކައި 2010 ވަނަ އަހަރު އަނެއްކާވެސް ލަންޑަނަށް ވަޑައިގެން ބިޒްނަސް އިންފޮމޭސަން ޓެކްނޮލޮޖީގެ ދާއިރާއިން އޮނާރޒް ޑިގްރީ ހާސިލްކުރެއްވިއެވެ.
މަޖީދިއްޔާ ސްކޫލުގެ ހަނދާންތައް
ނަޢީމް ސަރގެ ޙަޔާތުގައި މަޖީދިއްޔާ ސްކޫލަކީ ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވާ ތަނެކެވެ. އެއީ އޭނާ ތަޢުލީމު ހާސިލްކުރެއްވި ބިނާ ކަމަށްވުމާއެކު، 1997 ވަނަ އަހަރު ވަގުތީ ޓީޗަރެއްގެ ގޮތުގައި އެ ސްކޫލާ ގުޅިވަޑައިގަތީ ވަރަށް ބޮޑު ލޯތްބަކާއެކުގައެވެ. 1997 ގައި ފިޒިކްސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގޮސް،1998ވަނައަހަރު ސްޕަވައިޒަރއެއްގެ މަގާމު ލިބިލައްވައި އޭގެފަހުން ފިޒިކްސް ޑިޕާޓްމަންޓްގެހެޑް އޮފް ޑިޕާޓްމަންޓްގެ މަޤާމުވެސް ފުރުއްވިއެވެ. 2005 އާ ހަމައަށް މަޖީދިއްޔާގައި ކުރެއްވި ޚިދުމަތަކީ އެ ސްކޫލްގެ ދަރިވަރުން މިއަދުވެސް އުފަލާއެކު ފާހަގަކުރާ ކަންކަމެވެ.

ތަޢުލީމާއި ވަޒީފާގެ ކުރީކޮޅު
ނައީމް ސަރއަކީ އަމިއްލަ މަސައްކަތުން ކިޔެވުމުގެ މަގު ކޮށި ބޭފުޅެކެވެ. އެގޮތުން ކިޔެވުމަށް ބޭނުންވާ ޚަރަދު ހޯދުމަށްޓަކައި، ބޯޓެއްގައި އިލެކްޓްރީޝަނެއްގެ ގޮތުގައި އެތައް ދުވަހަކު ވަނީ މަސައްކަތް ކުރައްވައި ދުނިޔޭގެ އެކިހިސާބަށް ދަތުރުކުރައްވާފައި ވެއެވެ. ތަޢުލީމީ ރޮނގުން ކުރިއަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުގައި، އިނގިރޭސިވިލާތުގައި ހުންނެވި ދުވަސްވަރު ނޯތުލަންޑަން މިސްކިތުގައި ޤްރުއާން ޓީޗަރއެއްގެ ވަޒީފާ އަދާކުރެއްވިއެވެ. އަދި އީސްޓް ލަންޑަންގެ އީސްޓް ފިންޗްލީގެ ޖާމިޢާ މަދަނިއްޔާ މުސްލިމް ޕްރައިމަރީ ސްކޫލުގެ ޓީޗަރ ކަމާއި ޑެޕިއުޓީ ޕްރިންސިޕަލް ކަން ކުރެއްވިއެވެ. އަދި ލަންޑަން ބްރޫކްސް ކޮލެޖްގައި ފިޒިކްސް ކިޔަވައިދެއްވިއެވެ،
އަދި މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އެޑްމިނިސްޓްރޭޓިވް ސެކްރެޓަރީގެ މަޤާމުވެސް ފުރުއްވިއެވެ. މީގެ އިތުރުން ފެލިވަރު ކާރުޚާނާގެ އިލެކްޓްރިކަލް ސުޕަވައިޒަރެއްގެ ގޮތުގައިވެސް ވަނީ ޚިދުމަތް ކުރައްވާފައެވެ.

ތަޢުލީމީ ދާއިރާގެ ޚިދުމަތްތައް
އިނގިރޭސިވިލާތުން ކިޔަވައި ނިންމަވައި މާލެ ވަޑައިގަތުމަށްފަހު، ނައީމް ސަރ ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. މިގޮތުން މާލޭގެ މަޝްހޫރު އެތައް ސްކޫލެއްގައި އޭނާ ކިޔަވައިދެއްވިއެވެ. އޭގެ ތެރޭގައި:
އަހްމަދިއްޔާ ސްކޫލް
ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލް
މާލެ އިންގްލިޝް ސްކޫލް (އެމް.އީ.އެސް)
މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން
މޯލްޑިވްސް ޕޮލިޓެކްނިކް އަދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ހިމެނެއެވެ.
ޚާއްޞަގޮތެއްގައި ދަރުމަވަންތަ ސްކޫލްގައި 5 އަހަރު ވަންދެން ކޮމްޕިއުޓަރ ސްޓަޑީޒް ކިޔަވައިދެއްވައި، ގިނަ ދަރިވަރުންތަކެއް އުފެއްދެވުމުގައި ނައީމް ސަރ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
ރަށަށް އޮތް ލޯތްބާއި ސުނާމީގެ ބިރުވެރި ވަގުތު ކުރެއްވި ޚިދްމަތް
ނައީމް ސަރއަކީ އުފަން ރަށް، ވިލުފުށި ދެކެ ނުހަނު ލޯބިވާ ބޭފުޅެކެވެ. 2004 ވަނަ އަހަރުގެ ސުނާމީގެ ނުރައްކާތެރި ކާރިސާއާ ގުޅިގެން އޭނާ ވިދާޅުވެފައިވަނީ، "2004 ވަނަ އަހަރުގެ ޑިސެމްބަރ 27 ވަނަ ދުވަހު އަޅުގަނޑު ވިލިފުއްޓަށް ދިޔައީ ރަށް ދެކެ ލޯބިވާތީ. ސުނާމީގައި ރަށާ ރަށުގެ ރައްޔިތުން އެކަނި ހާލުގައި އުޅެން ދޫނުކުރުމަށް. ރައްޔިތުންނާއެކު އަޅުގަނޑު އެ ހާލުގައި އުޅެ ރަށުގެ ހާލަތު ބަދަލުކުރުމަށް،" ކަމަށެވެ. މިއީ އޭނާގެ ހިތުގައި އުފަން ފަސްގަނޑަށް އޮތް ވަރުގަދަ ލޯބި ހާމަކޮށްދޭ ކަމެކެވެ

ޚާއްޞަގޮތެއްގައި ދަރުމަވަންތަ ސްކޫލްގައި 5 އަހަރު ވަންދެން ކޮމްޕިއުޓަރ ސްޓަޑީޒް ކިޔަވައިދެއްވައި، ގިނަ ދަރިވަރުންތަކެއް އުފެއްދެވުމުގައި ނައީމް ސަރ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
މަސައްކަތުގެ ތަޖުރިބާ އާއި ޚާއްޞަ ހުނަރުތަކުގެ ޚުލާޞާ
ނައީމް ސަރ އަކީ ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ތަޢުލީމީ ދާއިރާގައި ގާތްގަނޑަކަށް ހަތަރު ދަހަޔަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މަސައްކަތުގެ ބިންގާ އެޅިފައިވަނީ 1980 ގެ ކުރީކޮޅުގައެވެ. އެގޮތުން 1980 އިން 1982 އަށް ޢާލިޔާ ސްކޫލުގައި މެތަމެޓިކްސް ޓީޗަރެއްގެ ގޮތުންނާއި، 1981 އިން 1982 އަށް ޕްރޮގްރެސިވް ކްލާހުގައި އެޑާލްޓް އިންގްލިޝް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި މޯލްޑިވްސް ޝިޕިންގ ލިމިޓެޑާއި މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އިދާރީ މަގާމުތަކެއް ފުރުއްވުމަށްފަހު، 1985 އިން 1990 އަށް ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރުގައި އިލެކްޓްރޯނިކްސް އިންސްޓްރަކްޓަރެއްގެ ގޮތުގައާއި ފިޒިކްސް އަދި މެތްސް ޓީޗަރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވިއެވެ.
އިޖުތިމާޢީ ޚިދުމަތާއި ރަށް އާރާސްތުކުރުން
ރަށަށް ދިއުމާއެކު، ރަށުގެ އޭރުގެ ކަތީބު ނައީމް ސަރއާ ހުރިހާ އިސް މަސައްކަތްތަކެއް ހަވާލުކުރެއްވިއެވެ. ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވުނު ބުރަ މަސައްކަތުގައި ނައީމް ސަރ އިސް ދައުރެއް އަދާކުރެއްވިއެވެ. އެ ދުވަސްވަރު ރާއްޖެ ވަޑައިގެންނެވި ފުންނާބު އުސް ބޭބޭފުޅުންނާއި، ބޭރު ދުނިޔޭގެ ޤައުމުތަކުގެ ރައީސުންނާ ބައްދަލުކުރައްވައި، ރަށުގެ ހާލަތު ބަޔާންކޮށްދެއްވައި، އެހީތެރިކަން ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް އޭނާ ކުރެއްވިއެވެ.

ވަތަނަށްޓަކައި ކުރެއްވި އަގުހުރި ޚިދުމަތެއް
ތ. ވިލުފުށީގެ ތަޢުލީމީ ޙަޔާތަށް ބަލާއިރު، ނައީމް ސަރ އަކީ ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް، 2012 ވަނަ އަހަރަކީ ވިލުފުށީގައި އެންމެ ފުރަތަމަ ފިޒިކްސް މާއްދާއިން އޯލެވެލް އިމްތިހާނު ހެދި އަހަރު ކަމަށްވުމާއެކު، އެއީ އެ ރަށުގެ ތަޢުލީމީ ތާރީޚުގައި އައު ބާބެއް ފެށުނު އަހަރެކެވެ. އެ އަހަރު ކުދިން އިމްތިހާނަށް ތައްޔާރުކުރުމަށްޓަކައި ނައީމް ސަރ ވަނީ އަމިއްލައަށް އިސްނަންގަވައިގެން، 6 މަސްދުވަހު ވަގުތު ހުސްކުރައްވައި، ވޮލެންޓިއަރެއްގެ ގޮތުގައި ކުދިންނަށް ކިޔަވައިދެއްވާފައެވެ.
އެ އަހަރުގެ ނަތީޖާ އާދަޔާޚިލާފަށް ރަނގަޅުވުމާ ގުޅިގެން، ޖެހިގެން އައި އަހަރު ބެލެނިވެރިންގެ އެދުމުގެ މަތިން ނައީމް ސަރ ވަނީ ވިޒިޓިންގ ޓީޗަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފަށްޓަވާފައެވެ. އޭރު މާލޭގައި ވަޒީފާ އަދާކުރައްވަމުން ގެންދެވި ނަމަވެސް، ކޮންމެ ހަފުތާއަކު ރަށަށް ވަޑައިގެން ކުދިންނަށް ކިޔަވައިދެއްވީ އެއްވެސް އުޖޫރައަކާ ނުލައެވެ.
މިކަމާ ގުޅޭގޮތުން ނައީމް ސަރ ވިދާޅުވީ، "އަޅުގަނޑު ކުދިންނަށް ކިޔަވައިދިނީ ފައިސާ ބޭނުންވެގެނެއް ނޫން. ފިޒިކްސް އަކީ އަޅުގަނޑުގެ ދާއިރާ ވީމަ، އަޅުގަނޑުގެ ހިތުގައި ބިންވަޅު ނެގިފައިވާ މާއްދާ ވީމަ، އެ މާއްދާއިން އަޅުގަނޑުގެ އިލްމުން ކުދިންނަށް އިލްމު ދަސްކޮށްދޭން. އަމިއްލަ ވަތަނަށް ވީތީވެ އަގެއްވެސް ބޭނުން ނުވީ. އަމިއްލަ ވަތަނަށް ކޮށްދޭ ކަންކަމަކީ ފައިސާއިން އަގުކުރަންޖެހޭ ކަންކަމަށް ނުވާތީވެ. އަލްޙަމްދުލިﷲ، މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން އެކަން އެވަނީ ވެފައި،" ކަމަށެވެ.
ނައީމް ސަރގެ ޚިދުމަތްތައް ހަމައެކަނި ވިލުފުއްޓަށް ހުސްވެފައި ނެތްކަން ފާހަގަކުރެވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ގިނަ ސްކޫލްތަކަކަށް ޒިޔާރަތްކުރައްވައި، ވިޒިޓިންގ ޓީޗަރެއްގެ ގޮތުގައި ފިޒިކްސް ކިޔަވައިދެއްވުމުގައި އެތައް އަހަރެއް ހޭދަކުރެއްވިއެވެ. މިގޮތުން ހ.އ. ހޯރަފުށީ އަތޮޅު މަދަރުސާ، ތ.ތިމަރަފުށީ އަތޮޅު މަދަރުސާ، މ.މުލީ މީމު އަތޮލުމަދަރުސާ، ރ.މާކުރަތު ސްކޫލް، ރ.އިނގުރައިދޫ ސްކޫލު، އ.އ. އުކުޅަސް ސްކޫލު އަދި ހ.ދ. ހަނިމާދޫ ސްކޫލުގައި އޯލެވެލް އިމްތިޙާނަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން ފިޒިކްސް ސްޓަޑީ ކޭމްޕްތައް ހިންގަވައިދެއްވައިފައި ވެއެވެ. މިއަދު ނައީމް ސަރ ކިޔަވައިދެއްވި އެތައް ދަރިވަރުންނެއް ދަނީ ޤައުމުގެ ފަޚުރުވެރި މަޤާމުތަކުގައި ޚިދުމަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި، ޕައިލެޓުންނާއި، އަދި ކުޅަދާނަ އިންޖިނިއަރުން ހިމެނެއެވެ.
މިހާރު ނައީމް ސަރގެ އެންމެ ބޮޑު އަމާޒަކީ ރަށުގެ ތަރައްޤީއަށްޓަކައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވުމެވެ. ތ. ވިލުފުށި ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށަށް އުމްރާނީ ބޮޑު ތަރައްޤީއެއް ގެނައުމެވެ. އެގޮތުން މިހާރުވެސް ރަށުގެ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކިފައިވާއިރު، ނައީމް ސަރގެ އުންމީދަކީ ރަށުގެ ރައްޔިތުންނަށް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމެވެ.
ކުރިން ދުވަހަކުވެސް ސިޔާސީ މައިދާނަކުން ފެނިފައިނުވާ، ނަމަވެސް ރަށުގެ ތަރައްޤީއަށްޓަކައި ނުހަނު ފޮނި އުންމީދުތަކެއް ހިފައިގެން ނުކުމެ ހުންނެވި "ނައީމް ސަރ" އަކީ މިއަދު ވިލުފުށީގެ މަޝްރަޙުން ފެންނަ އުންމީދީ ސަޚުޞިއްޔަތެކެވެ. މުޅިން އަލަށް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެން، ޕީއެންސީގެ ޓިކެޓުގައި ވިލުފުށި ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލެއްވީ ރަށަށް އާ ދިރުމެއް ގެނެސްދިނުމުގެ މަތިވެރި އަޒުމުގައެވެ.
ނައީމް ސަރ ޤަބޫލުކުރައްވާ ގޮތުގައި ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރާއްޖެ ދެކޭ އެންމެ ތަޞައްވުރުވެރި ލީޑަރެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ވިލުފުށި އޮތްކަން އިޙްސާސް ކުރެވުނު ފުރަތަމަ ވެރިޔަކީވެސް އެއީއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ނައީމް ސަރ އަކީ ރަށުގެ ތަރައްޤީއަށްޓަކައި ފުރިހަމަ ތަޞައްވުރެއް ގެންގުޅުއްވާ، އިލްމީ އަދި ޤާބިލު ބޭފުޅެކެވެ. ނައީމް ސަރ ކައުންސިލަށް އިންތިޚާބުވެއްޖެނަމަ، ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އިޤްތިޞާދީ ކުރިއެރުމާއި ވަޒީފާގެ ފުރުޞަތުތައް
ނައީމް ސަރގެ އެންމެ ބޮޑު އެއް އަމާޒަކީ ރަށުގައި އެއަރޕޯޓެއް އެޅުމެވެ. މީގެ ސަބަބުން ރަށުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެ، އިތުރު ވަޒީފާގެ ފުރުޞަތުތައް ރަށުން ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ލޯކަލް ޓުއަރިޒަމް ފުޅާކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ރަށަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ނައީމް ސަރގެ މުހިންމު ސިޔާސަތެކެވެ.
އިޖުތިމާޢީ ލާބަޔާއި ބޯހިޔާވަހިކަން
ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ ނައީމް ސަރގެ އިސްތިރާޖީ ރޭވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާލެއަށް ހިޖުރަކޮށްފައިވާ ރަށުގެ ދަރިން އަނބުރާ ރަށަށް އައުމުގެ މަގު ފަހިކޮށްދީ، ރަށުގައި އުޅޭނެ ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ނައީމް ސަރ ބާރުއަޅުއްވައެވެ.
ޞިއްޙީ ދާއިރާގެ އިންގިލާބެއް
ރަށުގައި ރީޖަނަލް ހޮސްޕިޓަލެއް ބިނާކޮށް، އެތަނަކީ ރަށުގެ ކުދިން ޚިދުމަތްދޭ ތަނަކަށް ހެދުމަކީ ނައީމް ސަރގެ އުންމީދެކެވެ. ރާއްޖޭގައި އެއް ރަށަކުން އެންމެ ގިނަ ޑޮކްޓަރުން އުފެދިފައިވާ ރަށަކަށް މި ރަށް ވުމަކީ ނައީމް ސަރ ފަޚުރުވެރިކަމާއެކު ދަންނަވާ ވާހަކައެކެވެ.
ޓެކްނޮލޮޖީއާއި ތަޢުލީމީ ކުރިއެރުން
ކޯޑިންގ އަދި ޕްރޮގްރާމިންގ އަށް ކުޅަދާނަ ބޭފުޅެއްގެ ހައިސިއްޔަތުން، ނައީމް ސަރގެ ވިސްނުންފުޅަކީ ރަށުގެ ގިނަ ކުދިންތަކެއް މި ދާއިރާއިން ތަމްރީނުކުރުމެވެ. ކައުންސިލްގެ ރައީސަކަށް ހޮވިއްޖެނަމަ، އަމިއްލަފުޅަށް އިސްނަންގަވައިގެން (STEM-Science Technology Engineering and Mathematics) ކޯޑިންގ ތަމްރީނު ޕްރޮގްރާމްތައްހިންގަވައި، އެޑިއުކޭޝަން ވިލުފުށީގައި ފައްޓަވާނެއެވެ. ނައީމްސަރ ވަނީ މަޖީދިއްޔާ ސްކޫލުގައި ސްޓެމް ކިޔަވައި ދެއްވައިފައެވެ. އަދި 2004ވަނައަހަރު އިނގިރޭސިވިލާތުގެ ޔޯކްޝަޔަރގައި ސްޓެމް ކޮނފަރަންސް އަދި ޓްރެއިނިންގގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މިދާއިރާއިން ފޮތްތައް ޝާއިޢުކުރައްވާނެއެވެ. މިއީ ޒަމާނީ ތަޢުލީމުގެ ތެރެއިން ރަށުގެ ޒުވާނުން ބާރުވެރިކުރުވުމަށް ކުރެވޭނެ ވަރަށް މުހިންމު މަސައްކަތެކެވެ
އިސްލާމީ އަގީދާއާއި އަޚްލާޤީ މުޖުތަމަޢު
ޓެކްނޮލޮޖީގެ އެހީގައި އިސްލާމީ އަގީދާ ވަރުގަދަކުރުމަކީ ނައީމް ސަރ ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާ ކަމެކެވެ. ރަނގަޅު އާދަކާދަތައް އަށަގެންނެވުމާއި، އާއިލީ ގުޅުންތައް ދެމެހެއްޓުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަވާނެއެވެ. ނައީމް ސަރގެ އަމާޒަކީ ކުށުގެ ވެށިން ރަށުގެ ކުދިން ރައްކާތެރިކޮށް، ކުށް މަދު، އަމާން ރަށަކަށް މިރަށް ހެދުމެވެ.
ތައުލީމީ ދާއިރާގައާއި އިޖުތިމާއީ ކަންކަމުގައި ފާހަގަކޮށްލެވޭ ނައީމް ސަރ ގެ ވާހަކަފުޅުތަކުން މިއަދު ފެނިގެންދަނީ ތ. ވިލުފުށީގެ ތަރައްޤީއަށްޓަކައި އޮތް ފުރިހަމަ އަދި ޒަމާނީ ތަޞައްވުރެކެވެ. ރަށުގެ ކުރިމަގާ ގުޅޭގޮތުން އޭނާ ގެންގުޅުއްވާ ވިސްނުންފުޅުތައް ބިނާވެފައިވަނީ ހަމައެކަނި ސިޔާސީ ފިކުރެއްގެ މައްޗަކަށް ނޫނެވެ.
ތަރައްޤީއާއި ސިޔާސީ ފިކުރު
ނައީމް ސަރ ޤަބޫލުކުރައްވާ ގޮތުގައި ރަށެއްގެ ތަރައްޤީއަކީ ހަމައެކަނި ވަކި ސިޔާސީ ޕާޓީއަކާ ގުޅިފައި އޮންނަންޖެހޭ ކަމެއް ނޫނެވެ. ވިލުފުއްޓަށް ކުރިއެރުން ހޯދައިދިނުމުގައި ވަކި ޕާޓީއަކަށް ބެލުމެއް ނޯންނާނެ ކަމަށާއި، ކޮންމެ ސަރުކާރެއް އޮތްކަމުގައި ވީނަމަވެސް ރަށް ކުރިއެރުވޭނީ ވިލިފުށީ ކައުންސިލާއި، ރަށުދެކެ ލޯބިވާ އިޚުލާޞްތެރި ދަރިންގެ މަސައްކަތުންނެވެ. އޭނާ ވިދާޅުވިއެވެ.
ނިންމުން: އުންމީދީ މެސެޖެއް
ނައީމް ސަރ ވިލުފުށީގެ ރައްޔިތުންނަށް ދެއްވާ މެސެޖަކީ ވަރަށްވެސް އުންމީދީ މެސެޖެކެވެ.
"މިހާރު މިއޮތީ އުންމީދީ ހުޅުކޮޅު ރޯވެފައި. ހުރިހާ އެންމެން އެކައްޗެއް ކިޔައި، އެންމެން ނުކުމެ ސަރުކާރާ ގުޅިގެން މި އުންމީދުގެ ހުޅުކޮޅު ބޮޑުކުރަން މަސައްކަތް ކުރަމާ ހިނގާ،" އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ދައްކާ ހަމަ މަގުގައި ދަތުރުކުރާ ބަޔަކަށް އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ ކަމަށާއި، ރަށުގެ ތަރައްޤީއަށްޓަކައި ހުރިހާ އެންމެން އެކަތިގަނޑަކަށް ވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
ނައީމް ސަރއަކީ ހަމައެކަނި ތަޢުލީމީ ބޭފުޅެއް ނޫނެވެ. އޭނާއަކީ ދަތި އުނދަގޫ ވަގުތުތަކުގައި ޤައުމާއި ރަށަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވާންވެސް ތައްޔާރަށް ހުންނެވި، އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ.
ތައުލީމީ ދާއިރާގައާއި އިޖުތިމާއީ ކަންކަމުގައި ފާހަގަކޮށްލެވޭ ނައީމް ސަރ ގެ ވާހަކަފުޅުތަކުން މިއަދު ފެނިގެންދަނީ ތ. ވިލުފުށީގެ ތަރައްޤީއަށްޓަކައި އޮތް ފުރިހަމަ އަދި ޒަމާނީ ތަޞައްވުރެކެވެ. ރަށުގެ ކުރިމަގާ ގުޅޭގޮތުން އޭނާ ގެންގުޅުއްވާ ވިސްނުންފުޅުތައް ބިނާވެފައިވަނީ ހަމައެކަނި ސިޔާސީ ފިކުރެއްގެ މައްޗަކަށް ނޫނެވެ
