ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައެވެ. ނަމަވެސް އެ ފްލައިޓުގައި ހިނގި ހަމަނުޖެހުމުގެ ތަފްސީލެއް އަދި އެކަން ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ އޮފީހުން ބުނީ މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ފްލައިޓް ތެރޭގައި ހަމަނުޖެހުން ހިންގި މީހާގެ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
