ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެ ފުރުސަތު ކުރިން މިއަދުގެ ނިޔަލަށް ހަމަވާގޮތަށް އޮތް ނަމަވެސް، އަލިފާނުގެ ހާދިސާއާ ގުޅިގެން ހުރިހާ މަސައްކަތެއް ސޯޝަލް ސެންޓަރަށް ބަދަލުކުރުމަށްފަހު އަލުން މަސައްކަތް ފެށީ މިއަދު ހެނދުނުއެވެ. އެހެންކަމުން ގެއްލުނު ވަގުތުތަކަށް ބަލައި އިތުރު އެއް ދުވަހުގެ މުއްދަތެއް ދިނުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މާދަމާއަކީ ބޮޑު އީދު ދުވަސް ކަމަށްވާތީ އެ ދުވަހު ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ނުދާނެ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ވޯޓާސް ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް ދެން ސޯޝަލް ސެންޓަރުގައި ކުރިއަށްދާނީ މާޗު 21 ވާ ހޮނިހިރު ދުވަހުއެވެ. އެ ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 13:00 އާ ހަމައަށް ސޮއިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
