އީރާނުން އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ ބޭސް، ފޯޅަވައްސަށް ދުރު ރާސްތާގެ ދެ މިސައިލް ފޮނުވާލައިފިއެވެ. މި ހަމަލާއަކީ އީރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ދިން ހަމަލާއެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިއީ އީރާނުން މިހާތަނަށް ދިން އެންމެ ދުރު ރާސްތާގެ ހަމަލާއެވެ.

މި ހަމަލާގައި ބޭނުންކޮށްފައިވަނީ އީރާނުގެ ކުރިއަރާފައިވާ Khorramshahr-4 ކުލާހުގެ މިސައިލްތަކެވެ. މި މިސައިލްތައް 4،000 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކޮށްފައިވެއެވެ. މިއީ އީރާނުން ކުރިން ހާމަކޮށްފައިވާ 2،000 ކިލޯމީޓަރުގެ ރާސްތާއަށްވުރެ ދެގުނަ އިތުރު މިންވަރެކެވެ. މިކަމުގެ ސަބަބުން އީރާނުގެ މިސައިލްތަކުގެ ބާރާ މެދު އިންޓަނޭޝަނަލް ޖާސޫސީ އިދާރާތަކުން މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އީރާނުން ދިން މި ހަމަލާ ވަނީ ނާކާމިޔާބުވެފައެވެ. އޭގެ ތެރެއިން އެއް މިސައިލް ދަތުރުގެ މެދުތެރެއިން ހަލާކުވެ ކަނޑަށް ވެއްޓުނު އިރު، އަނެއް މިސައިލް އެމެރިކާގެ މަނަވަރަކުން ވަނީ ހުއްޓުވާފައެވެ. މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ފޯޅަވަހީގައި އޮންނަ ބޭހަށްވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމެރިކާއެމެރިކާއިން ބުނެއެވެ.