އިނގިރޭސި ލީގުކަޕް ނުވަތަ ކެރަބާއޯކަޕް 2026 ގެ ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީ ހޯދައިފިއެވެ.

މެންޗެސްޓަރ ސިޓީ ތަށި ހޯދީ ފައިނަލުގައި އާސެނަލްއާ ބައްދަލުކޮށް 2-0 ނަތީޖާއިން މެޗު ކާމިޔާބުކޮށްގެންނެވެ. ވެމްބްލީ ސްޓޭޑިއަމްގައި 88000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ސިޓީއިން ޖެހި ދެލަނޑުވެސް މެޗުގެ ދެވަނަ ހާފުގައި ޖަހައިދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރ ނީކޯ އޮރައިލީއެވެ. އުމުރުން 21 އަހަރުގެ މިކުޅުންތެރިޔާގެ ދެ ލަނޑަކީވެސް ބޮލުން ޖެހި ދެލަނޑެވެ.

މި ބައްޔާއެކު މި ސީޒަނުގައި ހަތަރު ތަށި ހޯދުމަށް މަސައްކަތްކުރަމުން އަންނަ އާސެނަލްގެ އުއްމީދުވަނީ ގެއްލުވާލާފައެވެ. ރޭގެ ފައިނަލުން އާސެނަލް ބަލިވިނަމަވެސް، މެޗުގައި މޮޅު ކުޅުމެއް އެޓީމުންވަނީ ދައްކާފައެވެ. އެކަން މެޗުގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނީކޯ އޮރައިލީވެސްވަނީ ފާހަގަކޮށްފައެވެ.

ތަށި ހޯދި ސިޓީ މިއީ އެ މުބާރާތް ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ. ދިހަ ފައިނަލެއްގައި ކުޅެ ބަލިވެފައިވަނީ އެންމެ ފަހަރަކުއެވެ.