މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ވަނީ ބުރޫއަރާފައެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެލައިޑް އިންޝުއަރެންސްގެ ޓްރެވަލް ތަކާފުލް އިން ދަތުރުވެރިންނަށް ބޮޑު ލުޔެއް ވަނީ ހޯދައިދީފައެވެ. އެގޮތުން ކަނެކްޓިން ފްލައިޓު މިސްވި ނަމަވެސް މި ޕްލޭންގެ ދަށުން ބަދަލު ލިބޭނެއެވެ.
މެދުއިރުމަތީގެ ގައުމުތަކަކީ ރާއްޖެއަށް ޓޫރިސްޓުން އައުމަށާއި، ދިވެހިން އެކި ގައުމުތަކަށް ދިއުމަށް އެންމެ ގިނައިން ބޭނުންކުރާ އެއް ޓްރާންސިޓް ރޫޓެވެ. ނަމަވެސް މިހާރުގެ މަސްރަހު އޮތް ގޮތުން އެ ސަރަހައްދުގެ ގިނަ އެއާޕޯޓުތަކެއް ބަންދުކޮށް، ފްލައިޓުތައް ދަނީ ކެންސަލްވެ އަދި ޑިލޭވަމުންނެވެ. އެހެންކަމުން ދަތުރުމަތީގައި ކުއްލިއަކަށް ފްލައިޓުތައް ލަސްވެ، ބޮޑެތި މާލީ ގެއްލުންތަކާ ދަތުރުވެރިންނަށް ކުރިމަތިލާން ޖެހެއެވެ.
މިފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން ކަނެކްޓިން ފްލައިޓުތައް މިސްވުމަކީ މިހާރު އާންމު ކަމެކެވެ. އެލައިޑްގެ ޓްރެވަލް ތަކާފުލް ޕްލޭންގެ ދަށުން މިފަދަ ހާލަތްތަކުގައި 300 ޑޮލަރާއި 500 ޑޮލަރާ ދެމެދުގެ އަދަދަކުން ބަދަލު ލިބޭނެއެވެ. މީގެ އިތުރުން ފްލައިޓު ކެންސަލްވެއްޖެ ނަމަ 750 ޑޮލަރާ ހަމައަށް، އަދި ޑިލޭވެއްޖެ ނަމަ ހުރުމާއި ކެއުމުގެ ހަރަދުތައް ހަމަޖެއްސުމަށް ވެސް ފައިސާގެ ބަދަލު ލިބިގެންދާނެއެވެ.
އެލައިޑް ޓްރެވަލް ތަކާފުލްގައި މައިގަނޑު 3 ޕެކޭޖެއް ހިމެނެއެވެ. އެއީ އޭޝިއާ ސަރަހައްދަށް ހާއްސަ "ކޮންޓިނެންޓަލް" އާއި، އެމެރިކާ އަދި ކެނެޑާ ފިޔަވައި އެހެން ގައުމުތަކަށް ހާއްސަ "އެލީޓް" ގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމަކަށް ހާއްސަ "ޕްރިމިއާ" ޕެކޭޖެވެ. މިއިން ކޮންމެ ޕެކޭޖެއްގައި ވެސް ދަތުރަށް އަންނަ ބަދަލުތަކަށް ހާއްސަ ލިމިޓުތަކެއް ވަނީ ކަނޑައަޅާފައެވެ.
ދަތުރެއް ފެށުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޓްރެވަލް އިންޝުއަރެންސް ނެގުމަކީ މި ދުވަސްވަރު ވަރަށް މުހިންމު ކަމެކެވެ. އަމިއްލަ ބާރު ނުފޯރާ ފަދަ ކަންކަމާ ހެދި ދަތުރަށް ބުރޫއެރި ނަމަވެސް، އެލައިޑްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ތަކާފުލް ނަގައިގެން މާލީ ބުރައިން ސަލާމަތްވެވޭނެއެވެ.
