ހުޅުމާލޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ތީރަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގައި ޖެހިގެންނެވެ. އަދި އެކްސިޑެންޓްވި ސައިކަލުގައި ތިބީ ދެއަންހެނުން ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. މިދެމީހުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. މިހާރު މިދެމީހުން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. މިއެކްސިޑެންޓުގައި ސައިކަލުގައި ޖެހުނު ޕިކަޕަކީ ލިއޯ ޓްރޭޑިންގެ ޕިކަޕެކެވެ. ނަމަވެސް އެޕިކަޕް ދުއްވަންއިން މީހާއަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނެތެވެ.

އިތުރު މަޢުލޫމާތު އަންނަނީ.....