މި އަހަރުގެ ނިޔަފަތީގެ ފެޝަނަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދަނީ ތަފާތު ގޮތްގޮތަށް ކުރަހާފައި ހުންނަ ސައިކެޑެލިކް ޑިޒައިންތަކަށެވެ. މީގެ އިތުރުން ފިނި ކުލަތަކާއި ނުއާންސް ސްޓައިލްތަކަކީ ވެސް މިއަހަރުގެ އެންމެ މަގުބޫލު އެއް ޓްރެންޑެވެ.
އާ ސްޓައިލްތަކުގެ އިތުރުން، ކުރިން ފެށިގެން ގިނަ ބަޔަކު ބޭނުންކުރަމުން އައި ބިލްޑާ ޖެލް އަދި ޖެލީ ނެއިލްސްގެ މަގުބޫލުކަން އަދިވެސް ކުޑައެއް ނުވެއެވެ. ހަމައެއާއެކު، އާމަންޑް ބައްޓަމަށް ހުންނަ ފްރެންޗް ޓިޕްސް އަކީ މިއަހަރު ވެސް ގިނަ ބަޔަކު އެންމެ ގަޔާވާ އެއް ސްޓައިލް ކަމަށް ފެޝަން ތަޖުރިބާކާރުން ބުންޏެވެ.
މިއަހަރުގެ ނިޔަފަތީގެ ޓްރެންޑްތަކުން ދައްކައިދެނީ އާދައިގެ ކުލަތަކާއި ތަފާތު އާޓް ޑިޒައިންތައް އެއްކޮށްލައިގެން މުޅިން އާ ލުކެއް ގެނެސްދޭ ކަމެވެ. އެހެންކަމުން މިއީ ނިޔަފަތި ރީތިކޮށް ބަހައްޓަން ބޭނުންވާ ފަރާތްތަކަށް ތަފާތު ގިނަ އިހުތިޔާރުތަކެއް ލިބިގެންދާނެ އަހަރެކެވެ.
