މަޝްހޫރު ސުޕަމޮޑެލް ޖީޖީ ހަޑީޑް އޭނާގެ ދިގު އިސްތަށިގަނޑު ދޫކޮށްލައި، ވަރަށް ކުރު "ޕިކްސީ ބޮބް" ސްޓައިލަކަށް އިސްތަށިގަނޑު ކޮށާލައިފި އެވެ. އުމުރުން 30 އަހަރުގެ މޮޑެލްގެ މި އާ ސްޓައިލް ފެނިގެން ގޮސްފައިވަނީ މިއު މިއު ބްރޭންޑުގެ އެންމެ ފަހުގެ ކެމްޕެއިނުންނެވެ.
ސްޓީވަން މެއިސެލް ނަގާފައިވާ މި ކެމްޕެއިންގެ ފޮޓޯތަކުގައި ޖީޖީ ފެންނަނީ މިއު މިއު ބްރޭންޑުގެ ކުލަގަދަ ދަބަސްތަކަކާ އެކުގަ އެވެ. އިސްތަށިގަނޑު ވަރަށް ބޮޑަށް ކުރުކޮށްލާފައި ހުރުމުގެ ސަބަބުން އޭނާގެ ސިފަ މުޅިން ބަދަލުވެފައިވާއިރު، މިއީ ގިނަ ބައެއްގެ ސަމާލުކަން ވެސް ލިބިގެންދިޔަ ކަމެކެވެ. މި ފޮޓޯތަކުން 20 ވަނަ ގަރުނުގެ ޕޯޓްރެއިޓްތަކުގެ އަސަރު ފެންނަން ހުރި ކަމަށް ފެޝަން ދާއިރާގެ މީހުން ބުނެ އެވެ.
މިއީ ޖީޖީ އޭނާގެ އިސްތަށިގަނޑަށް މިފަދަ ބޮޑު ބަދަލެއް ގެނައި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ތަފާތު އެކި ސްޓައިލްތަކަށް އިސްތަށިގަނޑު ބަދަލުކޮށްފަ އެވެ. ޒޭން މާލިކް އާ ދެމީހުންގެ 5 އަހަރުގެ އަންހެން ދަރިފުޅު ހާއި ހުންނަ ޖީޖީ މީގެ ކުރިން ބުނެފައިވާ ގޮތުގައި، އޭނާ އަބަދުވެސް ބޮޑަށް ގަޔާވަނީ ބަލަހައްޓަން ފަސޭހަ އަދި އާދައިގެ ސްޓައިލްތަކަށެވެ.
