ޕަބްލިކް އޮފް ކޮންގޯގައި ގޮވަމުންދާ އަލިފާން ފަރުބަދައަކުން ބުރާ ދުމާއި އަޅިން ސަލާމަތްވުމަށް، އެ ފަރުބަދައާއި ކައިރި ސަރަހައްދުތަކުގައި އުޅޭ މީހުން ސަލާމަތީ ހިސާބުތަކަށް ދަތުރުކުރަން ފަށައިފިއެވެ. އެގޮތުން އެ ހިސާބުތަކުގެ އެންމެން ކަހަލަ ގޮތައް އެ ހިސާބުތައް ދޫކޮށް ދިއުމަށްވަނީ ފަށާފައެވެ. ގިނަ މީހުން، އެމީހުންގެ އަގުބޮޑެތި ނޫފުލޭ މުދާތައް ދޫކޮށްފައިވެސް ވަނީ ގޮސްފައެވެ.
މިގޮތަށް ދިޔަ މީހުންގެ ތެރެއިން ޕައުލް އަކީ ތަފާތު މީހެކެވެ. އޭނާގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ހިނގުމުން މަހުރޫމުވެފައެވެ. މިހާރު އޭނާ އަކީ ނުކުޅެދޭ މީހެކެވެ. އެސަރަހައްދު ދޫކޮށް ދިއުމުގައި އޭނާއަށްވަނީ ބޮޑު ދަތިތަކެއް ކުރިމަތިވެފައެވެ.
މިކަމުގެ ހައްލެއްގެ ގޮތުން ފޮރޮޅުލީ ކޮނޑިއެއް ކަހަލަ އެއްޗެއް އޭނާ ބޭނުން ކުރިއެވެ. އެ ގޮނޑި ކޮއްޕުމުގައި އުޅުނީ އޭނާގެ އަންހެނުންނާއި އޭނާގެ ދަރިންނެވެ. އަޑިގުޑަން މަގުތަކުގައާއި ބިންތަކުގައި އެމީހުން ޕައުލް އުފުލީ ވަރުބަލިކަމެއް ނެތިއެވެ. މިހާރު ޕައުލް އާއި އޭނާގެ އާއިލާ ތިބީ ރައްކާތެރި ހިސާބުގައި ޓެންޓު ޖަހައިގެންނެވެ.
އ.ދ އިން މިހާރު އެ ސަރައްހައްދުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
