ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ ފުރަތަމަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕް ށ. ފުނަދޫގައި ބޭއްވުމަށް ނިންމައިފިއެވެ. މި މަހުގެ 10 އިން 11 އަށް ށ. އަތޮޅު ހޮސްޕިޓަލުގައި ކުރިއަށް ގެންދާ މި ކޭމްޕަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މާލެ ނައިސް ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ ކޭމްޕެކެވެ.

މި ކޭމްޕުގައި ބައިވެރިވާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހާއްސަ ޓީމުގައި ހަތް ދާއިރާއެއްގެ ސްޕެޝަލިސްޓުން ހިމެނެއެވެ. އޭގެ ތެރޭގައި ކަށީގެ ބަލިތައް، ނާރުގެ އޮޕަރޭޝަން، ހަމުގެ ބަލިތައް، ހޯމޯންގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ހިމެނެއެވެ. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސިއްހީ ހިދުމަތް ފުޅާކުރުމަށް އެ ހޮސްޕިޓަލުން ހިންގާ ސިލްސިލާގެ 17 ވަނަ ކޭމްޕެވެ.

މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ކޭމްޕުގެ ސަބަބުން ރަށްރަށުގެ ސިއްހީ ހިދުމަތްތެރިންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްވެސް އެހީތެރިވެދޭނެ ކަމަށެވެ. ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 6540061 ނަންބަރަށް ގުޅައިގެން ރެޖިސްޓްރީ ކުރެވޭނެއެވެ.