އުމުރުން 14 އަހަރުގެ ނުކުޅެދޭ ކުއްޖަކު ފެތުމުގެ މުބާރާތެއްގައި ފަތައިފިއެވެ. މި ކުއްޖާ ވަނީ 50 މީޓަރުގެ ފްރީސަޓައިލް ފެތުމެއްގައި ފަތާފައެވެ.

އެމެރިކާގެ ސްޓޭޓެއް ކަމައްވާ އަލަބާމާގެ ސްކޮޓްސްބޮރޯ ނަމަކަށް ކިޔާ މި ސިޓީއަށް އުފަން ގެބް މާޝްއަކީ އުފެދުމުގައިވެސް ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. އޭނާ އަކީ އުފަންވުނުގައި ދެ ފަޔާއި އެއް އަތް އުނި ކުއްޖެކެވެ. އޭނާގެ މައިން ބަފައިންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އެ ކުއްޖާ އުފަންވީ އިރު އެ ކުއްޖާ ދެ ފަޔާއި އެއްއަތް ނެތްކަން ޑަކްޓަރުން ބުންޏެވެ. ނަމަވެސް އެ ނުކުޅެދުން ތެރިކަން ވީ އޭނާގެ މައިންބަފައިން އޭނާދެކެ އިތުރަށް ލޯބިވާ އެއް ސަބަބުކަމަށްވެސް އޭނާގެ މައިންބަފައިން ވަނީ މީޑިއާތަކަށް ބުނެފައެވެ.

ގެބް ބުނާ ގޮތުގައި އޭނާ ހަނދާން ހުންނަން ފެށީއްސުރެ މޫދާއި ގޮނޑުދޮށަށް ވަރަށް ޝައުގުވެރިކަން ހުރެއެވެ. އަދި އޭނާގެ ބައްޕަ އާއި އެކު ކުޑައިރު މޫދަށާއި ސުވިމިން ޕޫލުތަކަށް އެރޭކަމަށްވެސް އޭނާ ބުންޏެވެ. އުމުރުން ގާތްގަނޑަކަށް 9އަހަރުގައި ގެބް ވަނީ ފަތަން ދަސްކޮށްފައެވެ. 

އޭނާގެ ކޯޗު ބުނާ ގޮތުގައި ގެބްގެ ނުކުޅެދުންތެރި ކަމެއް ހުރިނަމަވެސް އޭނާގެ ހިތްވަރާއި މަސައްކަތުން އެކަން އިހުސާސްވެސް ނުވާ ކަމަށެވެ. އަދި މި މުބާރާތުގައި 50 މީޓަރުގެ ފެތުން އޭނާ ނިންމީ 56 ސިކުންތު 64 މިކިސިކުންތުންނެވެ. މިއީ އެހެން ފެތުންތެރިންނާއި ވާދަވެރި ފެތުމެކެވެ. އަދި މިއީ އޭނާ ހޯދި ވަރަށްބޮޑު ކުރިއެރުމެއްކަމަށްވެސް އޭނާގެ ކޯޗުވަނީ މީޑިއާތަކަށް ބުނެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ހާއްސަ އެހީއަށްބޭނުންވާ ކުދިންގެ މިފަދަ ހުނަރުތައް ހޯދާ އެކުދިން އެފަދަ ހުނަރުތަކުން ކުރިއެރުވުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.