ބަހާމަސްގެ ސާފު ކަނޑު އަޑީގެ ރީތިކަން ބަލާލުމަށް، "ބޭބޭ" ނަމަކަށް ކިޔާ ކުޑަ ދޫންޏެއް ހާއްސަ ސަބްމެރީނެއްގައި ޑައިވިނަށްގޮސްފިއެވެ. މި ދޫނީގެ ވެރިމީހާ ކަމަށްވާ އިއޯވާ އަށް ނިސްބަތްވާ ސްޓީވަން ލޯޔަރ ވަނީ "ބޭބޭސްފިއަރ" ގެ ނަމުގައި މި ދޫންޏަށް ހާއްސަ ކުޑަ ސަބްމެރީނެއް ތައްޔާރުކޮށްފައެވެ. މި ސަބްމެރީން ތައްޔާރުކޮށްފައިވަނީ ކާތަކެތި އަޅާ ކޮންޓޭނަރަކާއި، އެއާ ފިޓިންގްސް އަދި އޮކްސިޖަން މީޓަރެއް ފަދަ ތަކެތި ބޭނުންކޮށްގެންނެވެ.
މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު ބަހާމަސްގެ ލޯންގް އައިލެންޑް ސަރަހައްދުގައި ކުރި މި ދަތުރުގައި، "ބޭބޭ" ވަނީ ތިން ފޫޓު އަޑީގައި 15 މިނެޓު ހޭދަކޮށްފައެވެ. މި ދަތުރުގައި ދޫނި އިނީ ވަރަށް ހަމަޖެހިލައިގެން ކަމަށާއި، ކަނޑު އަޑީގެ މަސްތަކާއި މުރަކަތައް ބަލަން އިން ކަމަށް އިއޯވާ ބުންޏެވެ. މި ދަތުރުގެ ކުރިން އިއޯވާ ވަނީ ފެންވަރާ ތަށި ތެރޭގައި މި ސަބްމެރީން ޓެސްޓުކޮށް، ދޫނީގެ ސަލާމަތީ ކަންކަން ކަށަވަރުކޮށްފައެވެ. މި ހިތްގައިމު މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މިއަށް ލިބިފައެވެ.
ބޭބޭ އަކީ މީގެ ކުރިންވެސް މިފަދަ ކަންކަމުގައި މަޝްހޫރު ދޫންޏެކެވެ. މިގޮތުން 15 ފަހަރު ސްކައިޑައިވް ކުރުމާއި، ބައިސްކަލް ރޭސްތަކުގައި ބައިވެރިވުމުގެ އިތުރުން މަތިންދާބޯޓުތަކުގައިވެސް މި ދޫނި ދަތުރުކުރިއެވެ. ބައެއް މީހުން މިއީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ވީޑިއޯއެއް ކަމަށް ހީކުރި ނަމަވެސް، އިއޯވާ ވަނީ މިއީ ހަގީގީ ދަތުރެއްކަން ސާބިތުކޮށްދީފައެވެ. މިއީ ދުނިޔޭގައިވެސް މިފަދަ ގޮތަކަށް ކަނޑު އަޑިއަށް ދަތުރުކުރި ފުރަތަމަ ދޫނި ކަމަށް ބެލެވެއެވެ.
