ދުނިޔެއަށް މަޝްހޫރު ސްޕެއިންގެ ބްރޭންޑެއް ކަމުގައިވާ ޕަކޯ ރަބާންގެ އެންމެ ފަހުގެ "ފެންތޮމް" މިވަނީ ލެކިއުޓުން މިމަހުގެ އެއްވަނަ ދުވަހު ލޯންޗުކޮށްފައެވެ.
ލެކިއުޓުން "ފެންތޮމް" ކަސްޓަމަރުންނާއި ހަމަޔަށް ފޯރުކޮށްދެނީ ޕަކޯރަބާންއިން ޓްރެވަލް ރީޓެއިލް ބާޒާރަށް ނެރެން ކަނޑައަޅާފައިވާ އޮތް ތާރީޚުގައެވެ. އަދި ދުނިޔޭގެ ބާޒާރަށް "ފެންތޮމް" ނެރުމުގެ ކުރިން މިވަނީ ލެކިއުޓުން ވިޔަފާރި ކުރައްވާ ފަރާތްތަކަށް މި އެކްސްކްލޫސިވް އޮފަރ ލިބޭގޮތް މެދުވެރި ކޮށްދީފައެވެ.
"ފެންތޮމް" އަކީ ވަހުގެ ގޮތުން ތަފާތުވުމުގެ އިތުރުން ސެންޓުފުޅި ބަލާބެލުމަށް އަދި އޭގެން ކުރެވޭ ބޭނުންތަކުންވެސް އިންގިލާބީ ބަދަލެއް ގެންނާނެ ފުޅިއެކެވެ. ސްމާޓްފޯނުތަކުގެ އެން.އެފް. ސީ ފީޗަރ އޮން ކޮށްލުމަށް ފަހު "ފެންތޮމް" ސެންޓުފުޅީގެ މަތީގައި ފޯނު ކައިރިކޮށް ލުމުން ފޯނާއި ސެންޓުފުޅި ކަނެކްޓްވެގެން ދެއެވެ. މީގެ ސަބަބުން އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް "ފެންތޮމް" އާއި ގުޅުން ހުރި ފީޗަރތަކެއް ފޯނުން ބޭނުންކުރެވެން ހުންނާނެއެވެ. މިއީ ޓެކްނޮލޮޖީއަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ ސެންޓުފުޅިއެކެވެ.
އަދި މީގެ އިތުރުން ޖުލައި 1 ގައި ވަނީ ދުނިޔެއަށް މަޝްހޫރު ކެރޮލިނާ ހެރޭރާ ބްރޭންޑުގެ ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލް "ގުޑް ގަރލް" އަދި "ބޭޑް ބޯއި" ސެންޓުފުޅީގެ ފަހުގެ ވަރޝަންވެސް ލެކިއުޓުން ލޯންޗުކޮށްފައެވެ. މިފަހުގެ ދެސެންޓު ފުޅި އަކީ "ވެރީ ގުޑް ގަރލް" އަދި "ބޭޑް ބޯއި ލަ ޕަރފުމް" އެވެ.

މިހާރު ލެކިއުޓުން ކުރިޔަށްގެންދާ ޕްރޮމޯޝަން ދުވަސްވަރު ( ޖުލައި 1-15 އަށް ) ފިހާރައިންނާއި އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް އަލަށް ލޯންޗުކުރެވުނު މި ތިން ސެންޓުފުޅިއާއި އެކު ވެސް ހަދިޔާގެ ގޮތުގައި ޕަކޯ ރަބާން އަދި ކެރޮލިނާ ހެރޭރާ ބްރޭންޑުގެ އަގުހުރި ހަދިޔާ ލިބޭނެއެވެ.
ލެކިއުޓަކީ ޕަކޯ ރަބާން އަދި ކެރޮލިނާ ހެރޭރާ ބްރޭންޑުގެ ސެންޓު ދުނިޔޭގެ ބާޒާރަށް ނެރޭ ތާރީޚުގައި ރާއްޖެއަށް މިބްރޭންޑުތަކުގެ ސެންޓު ތައާރަފުކޮށްދެމުން އަންނަ ވިޔަފާރި އެކެވެ. ލެކިއުޓުގެ އަބަދުވެސް އަމާޒަކީ އޮރިޖިނަލް ސެންޓު ސީދާ ސެންޓު އުފައްދާ ކުންފުނި މެދުވެރިކޮށް ރާއްޖެ ގެނެސް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން މިއަހަރުގެ އަލްހާ ޢީދަށް ވަރަށް ޙާއްސަ ޕްރޮމޯޝަންތަކެއް ލެކިއުޓް ވެބްސައިޓް އަދި ފިހާރައިން ޖުލައި މަހު 10 އަކުން ފައްޓާނެއެވެ.
