ރާއްޖޭގެ ފަސް ތަރީގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ ސޮނެވާ ޖާނީގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ. މި ހާދިސާ ހިނގުމާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި މިހާރު ހަރަކާތްތެރިވަމުންދަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ. ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިންނެވެ.

އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ރިސޯޓުގެ ބޮޑު ސަރަހައްދެއްގައި ވަނީ އަލިފާން ރޯވެފައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ސޮނެވާ ޖާނީގައި އަލިފާން ރޯވާން ދިމާވި ސަބަބާއި، މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ އިތުރު ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ. ސިފައިން ދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.