މެދުއިރުމަތީގެ ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ހައްޖުވެރިން ސައޫދީ އަރަބިއްޔާއަށް ދިއުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވައިފިއެވެ. މިނިސްޓަރު ވިދާޅުވީ، ހައްޖުގެ އެންމެހާ އިންތިޒާމްތަކެއް ފުރިހަމަކުރެވި، ހައްޖުވެރިންގެ ވިސާގެ ކަންކަންވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި މިނިސްޓަރުގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، އެމެރިކާއާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ހައްޖުގެ މަތިވެރި އަޅުކަމަށް ބުރޫނާރާނެ ކަމަށެވެ. އަދި ދިވެހި ހައްޖާޖީންގެ ދަތުރުގެ ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް އިންތިޒާމް ކުރެވިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
1447 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ދިވެހި ހައްޖާޖީން ފުރަން ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ހައްޖުގެ ތައްޔާރީތައް އިސްލާމިކް މިނިސްޓްރީ އާ، ހައްޖު މިޝަން އަދި ހައްޖު ކޯޕަރޭޝަން ގުޅިގެން ބާރަށް ކުރިއަށްގެންދާކަން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.
