ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތަހުގީގަށް، އެކަން ކުރި މީހާ ދެނެގަތުމަށްޓަކައި ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. ފުލުހުން ވަނީ އެ މީހާ ފެންނަ ވީޑިއޯއެއް މިއަދު އާންމުކޮށްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި މީހާއަކީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެކެވެ. ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

ވީމާ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ. މިފަދަ މައްސަލަތަކުގައި ކުށްވެރިން ހޯދުމަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.