ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުން މިވަގުތަށް މަޑުޖައްސާލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ. މި ނިންމުމަކީ ޗާގޯސްގެ މައްޗަށް ރާއްޖޭގެ ހައްގުތައް ހޯދުމަށް އިނގިރޭސިވިލާތާއެކު މަޝްވަރާ ފެށުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އިނގިރޭސިވިލާތުން މި އެއްބަސްވުން މަޑުޖައްސާލާފައިވަނީ، ޗާގޯސްގެ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގަމުންދާތީ، އެތަން މޮރިޝަސްއާ ހަވާލުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗާގޯސް ނުވަތަ ފޯޅަވައްސަކީ ތާރީޚީ ގޮތުން ރާއްޖޭގެ ތަނެއްކަން ހާމަކުރައްވައި، އެތަން ހަވާލުކުރަންޖެހޭ ހައްގުވެރި ގައުމަކީ ރާއްޖެ ކަމަށް އިނގިރޭސި ސަރުކާރަށް ދަންނަވާފައެވެ.

މި މައްސަލައިގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތާ ގުޅިގެން، މޮރިޝަސްގެ ސަރުކާރުން ވަނީ ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ވަގުތީ ގޮތުން ކަނޑާލަން ނިންމާފައެވެ. ނަމަވެސް ރާއްޖޭގެ ސަރުކާރުން ބުނަނީ އަމާޒަކީ އިންޑިއާ ކަނޑުގެ މަސްލަހަތުތައް ހިމާޔަތްކޮށް، މިކަމުގައި ހުރިހާ ފަރާތްތަކަކަށް އިންސާފުވެރި ހައްލެއް ހޯދައިދިނުން ކަމަށެވެ.