ހުޅުމާލޭގެ ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބިނާކޮށްފައިވާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިޓުންނަށް، އިންޓަނެޓް ހޯދުމުގައި ހުރި ދަތިތަކަށް ހައްލެއް ގެނައުމަށް އުރީދޫ މޯލްޑިވްސްއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން، އާންމުކޮށް 3,999 ރުފިޔާއަށް ވިއްކާ އުރީދޫގެ "އެއާ ފައިބާ" ޑިވައިސް، ފަހިދިރިއުޅުން ފްލެޓްތަކުގެ ކަސްޓަމަރުންނަށް މުޅިން ހިލޭ ލިބިގެންދާނެއެވެ. އުރީދޫން ބުނީ ފްލެޓްތަކުގައި ފައިބާ ކޭބަލްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް، އެންމެ ކުޑަ ޕެކޭޖު އިޚްތިޔާރު ކުރި ނަމަވެސް 100 އެމްބީޕީއެސް ގެ ބާރު ސްޕީޑުގައި ވައިފައި ލިބޭނެ ކަމަށެވެ.

މި ހިދުމަތަށް ބޭނުންވާ މަޢުލޫމާތު ދިނުމަށް އުރީދޫން ވަނީ ހުޅުމާލެ ފޭސް 2 ގެ އަމާން ޓަވަރުތައް ކައިރީގައި ހާއްސަ ޑެސްކުތަކެއް ބަހައްޓާފައެވެ. މި ޑެސްކުތަކުން ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ހިދުމަތް ލިބޭނެއެވެ.

އިތުރު ފައިދާތައް:

  • ރީތި ނަންބަރު: ޕޯސްޓްޕެއިޑް ޕެކޭޖެއްގެ ދަށުން އުރީދޫގެ ރީތި ނަންބަރުތަކެއް ހޯދުމުގެ ފުރުސަތު.

  • ކްލަބް ޕްރެމިއާ: އުރީދޫ ކްލަބް ޕްރެމިއާގެ މެންބަރަކަށް ވުމުގެ ފުރުސަތު.

  • ޑިސްކައުންޓް: އެމް-ފައިސާ މެދުވެރުކޮށް 50 ރުފިޔާއަށްވުރެ ގިނައިން ޕެޓްރޯލް އެޅުމުން 20 ރުފިޔާގެ ޑިސްކައުންޓެއް.

މި ހިދުމަތަށް އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ވެސް އެޕްލައި ކުރެވޭނެއެވެ. އުރީދޫން ބުނި ގޮތުގައި އެޕްލައިކޮށް، މުވައްޒަފަކާ ގުޅުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ހިދުމަތް ގާއިމްކޮށްދެވޭނެއެވެ.