ކަރުގައި ފޫޅުދަނޑި އޮޅުމުގެ ސަބަބުން އުމުރުން 31 މިނެޓުގައި ކުއްޖަކު ނިޔާވެއްޖެއެވެ. އިނގިރޭސި ވިލާތުވެ ނޯތް ޓީސް ހޮސްޕިޓަލް ނަމަކަށް ކިޔާ މި ހޮސްޕިޓަލުގައި ނިޔާވި މިކުއްޖާ ނިޔާވެފައިވަނީ ސިޒޭރިއަން ހެދިފަހުންނެވެ.
އެ ކުއްޖާގެ މަންމައާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ ބަނޑަށް 38 ހަފްތާގައި ވެސް ކުއްޖާ ރަނގަޅެވެ. ނަމަވެސް އެއްދުވަހު ކުއްޖާގެ ހަރަކާތް މަދުވެ ހުއްޓުނުހެން ހީވުމުން ލަސްނުކޮށް ހޮސްލިޓަލަށް ދިޔައެވެ. ނަމަވެސް ފަރުވާ ކުރުމުގައި ލަސްތަކެއް ހުރިކަމަށް އޭނާ ވަނީ ބުނެފައެވެ. އެނާ ބުނާގޮތުން، އިމަޖެންސީގައި ދިޔަ ނަމަވެސް ދެއްކުމުގައި އަވަސްވާގޮތް ނުވިކަމަށާއި ޑަކްޓަރަށް ދެއްކުމަށް ފަހުގައިވެސް ސުކޭން ކުރުމާއި ދޭތެރޭގައިވެސް ވަގުތުތަކެއް ހޭދަވިއެވެ. ނަމަވެސް ސްކޭނަށްފަހު މާލަސްތަކެއް ނުވެ ސިޒޭރިއަން އަށް ވަނީ އޭނާ ވައްދާފައެވެ.
ސްކޭނުން އެނގުނުގޮތުގައި އޭނާގެ ދަރިފުޅުގެ ކަރުގައި ފޫޅު ވަނީ އޮޅިފައެވެ. އެކަން ދެނެ ނުގަނެވި ލަސްވި ލަސްވުމަކީ އިހުމާލުގެ އަމަލެއްކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ އަވަށުގެ ކޯޓެއްގައި މިހާރު އެ މައްސަލަ އަންނަނީ ތާވަލުކުރުމަށް ތައްޔާރުވަމުންނެވެ. އެކުއްޖާ ނިޔާވެފައިވަނީ ކަރުގާ ފޫޅު އޮޅި ބާރުވުމުވެ ސަބަބުން އޮކްސިޖަން ރަނގަޅަށް ލޭގެ ތެރޭގައި ދައުރުނުކޮށްގެން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ސިއްހީ ހިދުމަތްތަކުގައި އިހުމާލުވުމުގެ ސަބަބުން އެތައް ފުރާނައެއް މި ފަހަކުން ވަނީ ގޮސްފައެވެ. މުޅި ދުނިޔޭގައިވެސް ސިއްހީ ނިޒާމުގެ މިފަދަ ބޮޑެތި މައްސަލަތައް އަންނަނީ ފެންމަތި ވަމުންނެވެ.
