މ. މައިމަގުމަތީގޭގައި ރޯވި އަލިފާންގަނޑު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން ހަރަކާތްތެރިވެ ކޮންޓްރޯލްކޮށްފިއެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، އަލިފާން ރޯވެފައިވަނީ އެތަނުގައި އޮތް ހުސްބިމެއްގައި ހުރި ކުނިތަކެއްގައެވެ. އެފްއާރުއެސްގެ ޓީމުން ކުރި މަސައްކަތުން މިހާރު އެ އަލިފާންގަނޑު ވަނީ މުޅިން ކޮންޓްރޯލް ކުރެވިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް ނުވަތަ ނޫންކަމެއް ސިފައިން ހާމައެއް ނުކުރެއެވެ.