ގިނަ ދުވަހުން އޭގެ ބަލި ބޮޑުވާ ބަލިތަކަކީ އެބަލިތަކަކާއިމެދު ފަރުވާ ކުޑަކުރެވޭ ބަލިތަކެކެވެ. އުމުރުން އެންމެ 26 އަހަރުގައި މެތިއު ކްރޯލޭ ނަމަކަށް ކިޔާ މި މިހާ މިވަނީ މިފަދަ ތަފާތު ބައްޔަކަށް ހުށަހެޅިފައެވެ.
އުމުރުން އެންމެ 13 އަހަރުގައި އޭނާ ވަނީ ހަކުރުބައްޔަށް ޑައިގްނޯސިސް ކޮށްފައެވެ. އޭގެ ފަހުން އޭނާ އައީ އެކިކަހަލަ ފަރުވާތައް ކުރަމުންނެވެ. ނަމަވެސް އޭނާގެ އުމުރުން 20 އަހަރުވީ ފަހުން އޭނާގެ މައިދާގެ މަސްތަކުގެ ބާރު ކުޑަވާކަން ޑަކްޓަރުން އައީ ފާހަގަ ކުރަމުންނެވެ. ނަމަވެސް އެއްވެސް އުނދަގުލަކާއި ދައްޗެއް އޭނާއަށް އެކަމުން ނުވާތީ އޭރު އޭނާ ވަނީ އެކަމަށް ފަރުވާކުޑަކޮށްފައެވެ.
މިހާރު އޭނާ އަކީ މައިދާ ޕެރަލައިޒް ވެފައިވާ މީހެކެވެ. އެގޮތުން ހަޖަމުގެ ނިޒާމު މުޅިންހެން ވަނީ އޮޅިފައެވެ. އޭނާ ބުނާ ގޮތުގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 40 ފަހަރު ހޮޑު ލެވެއެވެ. މިކަމަށް އޭނާ އަންނަނީ އެކި ކަހަލަ ފަރުވާތައް ކުރަމުންނެވެ. ކްލޯރޭ އަކީ މީގެ ކުރިން 140 ކިލޯ ހުންނަ ހަށިގަނޑުން ބޮޑު މީހެކެވެ. ނަމަވެސް އޭނާގެ މައިދާގެ މަސްތައް ޕެރަލައިޒްވުމުގެ ސަބަބުން އޭނާގެ ބަރުދަނުން ގާތްގަނޑަކަށް 100 ކިލޯ މިހާރު ލުއިވެއްޖެއެވެ.
އޭނާ އަށްފަރުވާދޭ ޑަކްޓަރުން ބުނާ ގޮތުގައި އެކަމުގައި އޮތް ހައްލަކީ "ގޭސްޓްރިކް ޕޭސްމޭކާރ" އެއް ލެއްވުން ކަމަށެވެ. އެ ވަސީލަތް އޭނާގެ ހަށިގަނޑަށްލެއްވުމަށް ބޮޑު ހަރަދު ތަކެއް ހިނގާނެއެވެ. ކްލޯރޭ މިހާރު އަންނަނީ އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް އެކި ގޮތްގޮތުން އެހީ ހޯދަމުންނެވެ. އޭނާގެ ބަލި ހާލު ބޮޑުވިފަހުން އޭނާ އަށް އާމްދަނީ ލިބުން އެއްކޮށް އޮތީ ހުއްޓިފައެވެ. މިހާރު އޭނާގެ 2 ކުދިންނާއި އަންބެއް ދުނިޔޭގައި އެބަތިއްބެވެ.
ޑަކްޓަރުން ބުނާ ގޮތުން ކްލޯރޭ އަށް އެެހެން ދިމައިވީ ހަކުރު ބަލީގެ ސަބަބުންނެވެ. އޭނާއަށް ދިމާވި ކަމަކީ ހަކުރުބަލީގެ "ކޮމްޕްލިކޭޝަން" އެއް ކަމަށްވެސް ޑަކްޓަރުން ވަނީ ބުނެފައެވެ.
