އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްގެ ފަރާތުން ޔޫރަޕްގެ މަޝްހޫރު ސިއްހީ ކާނާގެ ބްރޭންޑެއް ކަމަށްވާ "ވަން ޑޭ މޯ" ރާއްޖެއަށް ތައާރަފުކޮށް، ވިއްކަން ފަށައިފި އެވެ. މި އުފެއްދުންތައް ބާޒާރަށް ނެރެދެއްވީ އާދިއްތަ ދުވަހު ހެނދުނު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރާއްޖޭގެ ފިޓްނަސް ދާއިރާގައި މަޝްހޫރު ހީޓް ޖިމްގެ ސީއީއޯ އައިޝަތު ޝިފާނާ ވަޖީހު އެވެ.

"ވަން ޑޭ މޯ" އަކީ ހެލްތީ، ނެޗުރަލް އަދި ޕްރިމިއަމް ބްރޭންޑެއްގެ ގޮތުގައި މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑުގެ ތެރޭގައި ގްރެނޯލާ، މޫސްލީ، އޯޓްމީލް، ޕޮރިޖް އަދި ޕްރޮޓީން އެކުލެވޭ ސީރިއަލް ފަދަ ތަފާތު ގިނަ ބާވަތްތައް ހިމެނެ އެވެ. މިއީ މައިގަނޑު ގޮތެއްގައި ހެނދުނުގެ ނާސްތާއަށް ހާއްސަ ކުރެވިފައިވާ ބާވަތްތަކެއް ނަމަވެސް، ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ބޭނުން ކުރެވޭނެ ރަހަ މީރު އަދި ހަށިގަނޑަށް ފައިދާހުރި އުފެއްދުންތަކެކެވެ.

މި އާ ބްރޭންޑު ރާއްޖެއަށް ތައާރަފުކުރުމާ ގުޅިގެން، ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދާނެ އެވެ. ކުރިއަށް އޮތް ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން "ވަން ޑޭ މޯ" ގެ އުފެއްދުންތަކުން ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ އެވެ. މި އުފެއްދުންތައް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި ހުޅުމާލެ ފޭސް 1 ގެ އައުޓްލެޓުން ލިބެން ހުންނާނެ އެވެ.