ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ބޮޑު އެހީތަކެއް ފޯރުކޮށްދީފިއެވެ.

އެގޮތުން އަހަރުގެ ތިންވަނަ މަހާއި އޭޕްރިލް މަހު ވިޔަފާރިތަކަށް 163 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

ޓޫރިޒަމް ދާއިރާއަށް 261 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއާއި އެހެނިހެން ދާއިރާތަކަށް 941 މިލިއަން ރުފިޔާގެ ލޯނު އެ މުއްދަތުގެ ތެރޭގައި ދޫކޮށްފައިވެއެވެ. 

ރާއްޖޭގެ އިގްތިސާދު ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި، ބޭންކް މެދުވެރިކޮށް ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.