އިންޑިޔާގެ ތަމިލްނާޑޫގެ އަވަށެއް ކަމަށްވާ ވިރުދުއްނަގަރުގެ ޒުވާނަކު ދުނިޔޭގެ ރެކޯޑުފޮތުން ޖާގައެއް ހޯދައިފިއެވެ.

އުމުރުން 20 އަހަރުގެ ޕަރްވީން ދުނިޔޭގެ ރެކޯޑުފޮތުން ޖާގަ ހޯދީ އެންމެ ދިގު ދުލުގެ ވެރިޔާގެ ގޮތުގައެވެ. މީގެ ކުރިން ދުނިޔޭގެ އެންމެ ދިގު ދޫ ލިބިފައިވަނީ ކެލިފޯނިޔާގެ ނިކް ސްޓޯބާލް ނަމަކަށް ކިޔާ މީހަކަށެވެ. އޭނާގެ ދުލުގެ ދިގުމިނުގައި ހުރީ 10.1 ސެންޓިމީޓަރެވެ. ނަމަވެސް އިންޑިޔާގެ ޕަރްވީންގެ ދުލުގެ ދިގުމިނަކީ 10.8 ސެންޓިމީޓަރެވެ.

އެވްރެޖު އިންސާނެއްގެ ދުލުގެ ދިގުމިނަކީ 7 ސެންޓިމީޓަރާއި 9.5 ސެންޓިމީޓަރުގެ އަދަދެކެވެ.

ރޮބިޓިކްސް އިންޖިނޭރިން ކިޔަވަމުންދާ ޕަރްވީންގެ ދުލުން އަންނަނީ ތަފާތު ހުނަރުތައް ދައްކަމުންނެވެ. ރިޕޯޓުތައްބުނާ ގޮތުން، އޭނާގެ ދުލުން، އޭނާގެ ލޮލުގައި ވެސް ޖައްސާ ހަދައެވެ.

އެޒުވާނާއަށް މިހާރު ގިނަބައެއްގެ ނަޒަރު ހުއްޓިފައިވާ އިރު އޭނާގެ ހުނަރުތައް މީސްމީޑިޔާގައި އެކި ވަސީލަތްތަކުން އަންނަނީ ދުނިޔެއަށް ދައްކަމުންނެވެ. އޭނާ ބުނާ ގޮތުގައި މިއީ އޭނާއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށާއި ދުނިޔޭގެ އެންމެންނަށް މިކަމުގައި ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ.