އެމެރިކާގެ ލޫސިއާނާ ސްޓޭޓްގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، މީހަކު އޭނާގެ އަމިއްލަ ހަތް ދަރިންނާއި އިތުރު ކުއްޖަކަށް ބަޑިން ހަމަލާދީ މަރާލުމަށްފަހު، އަމިއްލައަށް މަރުވެއްޖެއެވެ.
އެ ސްޓޭޓުގެ ފުލުހުންނާއި ހަވާލާދީ ބީ.ބީ.ސީ ގައި ރިޕޯޓުކޮއްފައިވާގޮތުގައި، މި ހިތާމަވެރި ހާދިސާގައި މަރުވި އަށް ކުދިންގެ ތެރޭގައި ހިމެނެނީ ހަމަލާދިން މީހާގެ އަމިއްލަ ހަތް ދަރިންގެ އިތުރުން، އެ އާއިލާއާ ގުޅުން އޮންނަ އަށްވަނަ ކުއްޖެކެވެ. މި ގަތުލްއާންމަށްފަހު ހަމަލާދިން މީހާ ވަނީ ބަޑިން ހަމަލާދީ އަމިއްލަ ފުރާނަ ދުއްވާލާފައެވެ.
މި ބިރުވެރި އަމަލު ހިންގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ ހާއްސަ ތަހުގީގެއް ހިންގަމުންނެވެ. އަދި މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ ފުން އަސަރަކާއި ކުއްލި ސިހުމެއް ލިބިފައެވެ.
މިއީ ފަހުގެ ތާރީޚެއްގައި އެމެރިކާގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ އަދަދެއްގެ ކުޑަކުދިން މަރުވި އެއް ހާދިސާއެވެ. އެމެރިކާގައި ބަޑީގެ ހަމަލާތައް އިތުރުވަމުންދާ ދިއުމާއި، ހަތިޔާރު ގެންގުޅުން ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން އެ ގައުމުގައި ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ.
