މިއަދަކީ ދިވެހި ފިލްމީ ދާއިރާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދެ ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ގެ އުފަންދުވަހެވެ. މި ދެ ތަރިންނަކީ އެއް ދުވަހެއްގައި އުފަންވެފައިވާ ދެ ފަންނާނުން ކަމަށްވުމުން، އައްޒަ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮޕީ އިއްސެއަށް ވަރަށް ހާއްސަ ގޮތަކަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފަ އެވެ.

އައްޒަ ކުރި ޕޯސްޓެއްގައި ކޮޕީ އިއްސެ ސިފަކޮށްފައިވަނީ އޭނާގެ "ބާތްޑޭ ޓްވިން" ގެ ގޮތުގަ އެވެ. އަދި އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވާފައިވާއިރު، މިއީ ފިލްމީ ދާއިރާގައި މި ދެ ތަރިންގެ މެދުގައި އޮންނަ ގާތްކަން ހާމަކޮށްދޭ ކަމެކެވެ.

މި ދެ ތަރިންގެ އުފަންދުވަހާ ގުޅިގެން ފިލްމީ ދާއިރާގެ އެހެން ފަންނާނުންނާއި އާންމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ސޯޝަލް މީޑިއާގައި އެ މީހުންނަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ. އެގޮތުން ދެ ތަރިންނަށް އިތުރު ކާމިޔާބީއަށް އެދި ގިނަ ބަޔަކު ވަނީ ހެޔޮއެދުންތައް ފާޅުކޮށްފަ އެވެ.