މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ އޭނާގެ 37 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި އުފާވެރި ޕޯސްޓެއް ހިއްސާކޮށްފި އެވެ. މި ޕޯސްޓުގައި އޭނާ ވަނީ ފަހަރިންގެ ފަރާތުން ލިބުނު ހާއްސަ ސަޕްރައިޒަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
އައްޒަ ބުނި ގޮތުގައި އެންމެ ރަނގަޅު އަދި އެންމެ ރީތި ފަހަރިން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ. އުމުރުން 37 އަހަރު ފުރުނު އިރު، ހަޔާތުގައި މިފަދަ ރަނގަޅު ބަޔަކު ލިބުނީތީ އުފާކުރާ ކަމަށް އޭނާ ބުންޏެވެ. އައްޒަގެ ފަހަރިން ކަމަށްވާ ޒުމާ، ލަމްހާ އަދި އައިންތު ދިން ސަޕްރައިޒާއެކު އުފަންދުވަސް ފާހަގަކުރުމުގައި ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަކުރެވުނު ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

މީގެ އިތުރުން، އުފަންދުވަހުގެ ކޭކު ވަރަށް މީރު ކަމަށް ބުނެ، ކޭކު ތައްޔާރުކޮށްދިން ފަރާތަށް ވެސް އައްޒަ ވަނީ ޝުކުރު އަދާކޮށްފަ އެވެ. އައްޒަގެ އުފަންދުވަހާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާއަށް ތަހުނިޔާ ކިޔައި، ހެޔޮއެދުންތައް ފޮނުވާފައެވެ.
