މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަގެ އުފަންދުވަހާ ގުޅިގެން އޭނާގެ ފިރިމީހާ އަދި ފިލްމީ ތަރި އަބްދުﷲ މުއާ (މުއާ) ވަރަށް ލޯބިން ފުރިގެންވާ މެސެޖެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ.

އިންސްޓަގްރާމްގައި މުއާ ކުރި ޕޯސްޓެއްގައި ބުނީ، އާންމުންނަށް އައްޒަ ފެންނަނީ ސްކްރީނުމަތިން ފެންނަ ތަރިއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެ ކާމިޔާބީގެ ފަހަތުގައިވާ ހަގީގީ އިންސާނާ ދެނެގަތުމުގެ ނަސީބު އޭނާއަށް ލިބިފައިވާ ކަމަށް މުއާ ބުންޏެވެ. އަދި އައްޒައަކީ އޭނާއަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު އަނބިމީހާ ކަމަށާއި، އެއީ އެންމެ ހިތްހެޔޮ އިންސާނާ ކަމަށް ވެސް މުއާ ވަނީ ބުނެފަ އެވެ.

މުއާގެ ދިރިއުޅުން އުފާވެރިކޮށްދީ، ދިރިއުޅުމުގެ މާނަ ގެނެސްދެނީ އައްޒަ ކަމަށް އެ ޕޯސްޓުގައިވެ އެވެ. އަދި އަބަދަށްޓަކައި އައްޒަ ދެކެ ލޯބިވާނެ ކަމަށް ވެސް މުއާ ވަނީ ބުނެފަ އެވެ. ދެ ތަރިންގެ ގުޅުމަށް ތައުރީފުކޮށް ގިނަ ބަޔަކު އަންނަނީ އައްޒައަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ.