ލ. ހިތަދޫގައި މިއަދު މަސް ހިފަން އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އެރަށު އަމާން، އުމުރުން 21 އަހަރުގެ އަޙްމަދު ހަމްޒާން އެވެ. ފުލުހުން މައުލޫމާތު ބުނީ، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:42 ހާއިރުކަމަށެވެ.

މި ހާދިސާއާ ގުޅިގެން ހަމްޒާން ސަލާމަތްކޮށްގެން ލ. ހިތަދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައި ކަމަށް އެ މަރުކަޒާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މަސް ހިފަން އުޅުމުގެ ތެރޭގައި މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލުތައް ހޯދައި، މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.