ޗިކާގޯގެ ސުކޫލު ކުއްޖަކަށް ކާމިޔާބު ކުރެވުނު ލަކީޑުރޯއަކުން ލިބުނު ފައިސާގައި ގާނާގެ ސުކޫލުތަކަށް އެހީވެއްޖެއެވެ.
ގުރޭޑު 7 ގައި ކިޔަވަމުން އަންނަ އުމުރުން 12 އަހަރުގެ ކްރިސްޓިއާނާ އާރހެން ވަނީ އޭނާ އަށް މިލިބުނު ފައިސާތަކުގައި އެކި ކަހަލަ ސާމާނު ގަނެފައެވެ. އޭނާގެ މަންމަ އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އޭނާ ހަދިޔާގެ ގޮތުގައި ފޮނުވި ތަކެތީގެ ތެރެއިން ގިނައީ ފައިވާނާއި ބޫޓެވެ.
އާރހެންގެ އާއިލާ ބަޔަކު ގާނާގައި އުޅެއެވެ. އެހެންކަމުން 2017 ވަނަ އަހަރު އޭނާ ވަނީ އޭނާގެ އާއިލާގެ ބައެއް މެންބަރުންނާއި ބައްދަލު ކޮއްލަން ގާނާ އަށް ގޮސްފައެވެ. އޭނާގެ މަންމަ ބުނާ ގޮތުން އޭގެ ފަހުން އޭނާ އަންނަނީ ގާނާގެ ތަރައްގީގެ ފެންވަރާއި ސުކޫތު ތަކުގެ ފެންވަރާއި މެދު ސުވާލު ކުރަމުންނެވެ. އަދި އެ ތަންތަނަށް އެހީވާން ބޭނުންވާ ވާހަކަވެސް އާރހެން އަންނަނީ ބުނަމުންނެވެ.
އެގޮތުން މި ފަހަރު އޭނާ އަށް މި ލިބުނު ފައިސާ ތަކުގައި އޭނާ އިސްވެ މި އެހީތެރިކަން ފޯރުކޮއްދޭން ބޭނުންވާހަކަ ބުނި ކަމަށާއި އެހިސާބުން ފެށިގެން އޭނާއަށް އެކަން ކޮށްދޭން އޭނާގެ މަންމަ ބޭނުންވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެފްރިކާގެ ފަގީރު ހިސާބުތަކުގެ ސުކޫލުތަކަށް ދާ ކުދިންނަށް އެންމެ ބޭނުންވެފައިވަނީ ފައިވާން ނުވަތަ ބޫޓު ކަމަށް ބައެއް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ. އެހެނީ ބޫޓަށް އެރުން ފަދަ ކަންކަމަކީ އެ ހިސާބުތަކުގެ މީހުން ދަންނަ ކަންކަމަށް ނުވާތީއެވެ.
