އެމެރިކާގެ ކެލިފޯނިއާގައި ރެޓްލް ސްނޭކް ނަމަކަށް ކިޔާ ވިހަގަދަ ހަރުފައް ގިނަވެއްޖެއެވެ.

ހަރުފަ ވިހަ ލުމުގެ ސަބަބުން އެ ސިޓީން ވަނީ ތިން މީހަކު ދާދި ފަހުން މަރުވެސް ވެފައެވެ. 

 ތަފާސް ހިސާބު ދައްކާގޮތުން ކެލެފޯނިއާގައި ކޮންމެ އަހަރަކުވެސް ހަރުފަ ވިހަލައިގެން އެކަކު މަރުވެއެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ވަނީ ހަރުފަ ވިހަލައިގެން ތިން މީހުން މަރުވެފައެވެ.  މި އަހަރު މި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި ހާދިސާތަކުގައި މަރުވި މީހުންގެ ތެރޭގައި 78 އަހަރުގެ އަންހެނަކާއި، 25 އަހަރުގެ ފިރިހެނަކާއި، 46 އަހަރުގެ އަންހެނަކު ހިމެނެއެވެ. މި މީހުން މަރުވީ ކެލިފޯނިއާގެ އެކި ސަރަހައްދުތަކުގައި ހިނގާލަން އުޅުމުގެ ތެރޭގައި ހަރުފަ ވިހަލުމުގެ ސަބަބުންނެވެ. 

ތަޖުރިބާކާރުން ބުނާ ގޮތުގައި މި އަދަދު އިތުރުވީ މިފަހަރު މޫސުން މާބޮޑަށް ހޫނުވުމުންނެވެ. މީގެ ސަބަބުން ހަރުފަ ހާލިން ނުކުންނަ މިންވަރު އަވަސްވެ، އިންސާނުންނާ ދިމާވާ މިންވަރު ވަނީ އިތުރުވެފައެވެ.

މިފަދަ ނުރައްކާތަކުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބައެއް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އޭގެ ތެރޭގައި ހިނގާލަން ދާއިރު ސާފުކޮށް އޮންނަ މަގުތައް ބޭނުންކުރުމާއި، ދިގު ބޫޓާ ފައިކުރި ދިގު ފަޓުލޫނު ލުން ހިމެނެއެވެ. އަދި ހަރުފައެއް ފެނިއްޖެނަމަ އެއާ ދުރަށް ދިއުމަށް ވެސް އޮފީހުން ވަނީ އެދިފައެވެ.