ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ. 

ކަސްޓަމުން ބުނީ، މި މަހުގެ 22 ވަނަ ދުވަހު އެއާޕޯޓުން އަތުލައިގަތް މި ތަކެއްޗަކީ އެމްފެޓަމިން ކަމަށެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނަކީ 1150 ގުރާމެވެ. މި ތަކެތީގެ މަގުމަތީ އަގު 3.3 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމުން ބުންޏެެވެ.

މިދިޔަ މަހުވެސް 3.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެއާޕޯޓުން އަތުލައިގަތްކަން ފާހަގަކުރެވެއެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.