ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯއްދަވާފައިވާ ދީނީ އިލްމުވެރިޔާ ޝޭހު އއާސިމް އަލް ހާކިމް  މޭ މަހުގެ 8 ވަނަ ދުވަހުގެ ދަތުރެއްގައި ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ. މި ދަތުރު އިންތިޒާމު ކުރަނީ "ދަ ޓްރެވަލާ" ގްރޫޕުންނެވެ. މި ދަތުރުގައި ރާއްޖޭގެ 5 ސިޓީއަކަށް އެ ބޭފުޅާ ވަޑައިގެން ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގައި އޭނާ ދަރުސް ދެއްވަން ހަމަޖެހިފައިވާ ސިޓީތަކަކީ މާލެ، ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫއެވެ. މި މަހުގެ 27 ވަނަ ދުވަހު ރާއްޖެ ވަޑައިގެން 28 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށިން ދަރުސްތައް ފައްޓަވާނެއެވެ. އޭގެ ފަހުން 29 ވަނަ ދުވަހު މާލޭގައި، 30 ވަނަ ދުވަހު އައްޑޫގައި، އަދި އަންނަ މަހުގެ 1 ވަނަ ދުވަހު ފުވައްމުލަކުގައި، އަދި 2 ވަނަ ދުވަހު ތިނަދޫގައި ދަރުސް ދެއްވާނެއެވެ.

ޝޭހު އއާސިމް އަލް ހާކިމް އަކީ އިނގިރޭސި ބަހުން ދީނީ އިލްމު ފެތުރުމުގައި ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާގެ މި ދަރުސްތަކުގައި އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. ސޯޝަލް މީޑިއާ އާއި އެކި ޓީވީ ޗެނަލްތައް މެދުވެރިކޮށް އޭނާ ދަނީ ދީނީ މައުލޫމާތު ފޯރުކޮށްދެމުންނެވެ.