މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރު އަދި އިންފްލުއެންސަރު އަފްޒާ ހަސަން ގެ ބުޅާ، "ޑިއޯ" ނ. ވެލިދޫން ގެއްލިގެން، އެ ބުޅާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އޭނާ އެދިއްޖެއެވެ.
އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ޕޯސްޓެއްގައި އަފްޒާ ބުނެފައިވަނީ، 4 އަހަރުގެ އޮރެންޖް ކުލައިގެ (ޖިންޖަރ ބްރީޑުގެ) އެ ފިރިހެން ބުޅާ ގެއްލުނީ، ބުޅާ ބަލަހައްޓަން ހަވާލުކުރި (އެޑޮޕްޓްކުރި) ދެމަފިރިއަކު އެ ބުޅާ ގެއިން ބޭރަށް ދޫކޮށްލުމުން ކަމަށެވެ. އަދި މިހާރު އެ މީހުން އޭނާގެ ކޯލުތަކަށާއި މެސެޖުތަކަށް ޖަވާބު ނުދޭ ކަމަށްވެސް އަފްޒާ ވަނީ ބުނެފައެވެ.

ޑިއޯ އަކީ ވަރަށް މަޑުމައިތިރި، އަޚްލާގު ރަނގަޅު އަދި އޮޅު ބުޅަލެއްކަން ފާހަގަކުރަމުން، ނ. ވެލިދޫގައި އުޅޭ މީހުންގެ ތެރެއިން އެ ބުޅާ ފެނިއްޖެނަމަ އޭނާއަށް އެންގުމަށް އަފްޒާ ވަނީ އެދިފައެވެ.
އަފްޒާ އިތުރަށް ބުނެފައިވަނީ، އޭނާ ބޭނުންވަނީ ޑިއޯ އަނބުރާ ގެނެސް، އެގޮތަށް ބުޅާ މަގުމައްޗަށް ދޫކޮށްނުލާނެ ފަދަ އިތުބާރު ހުރި އެހެން ފަރާތަކާ ބުޅާ ހަވާލުކުރަން ކަމަށެވެ.
