ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ހޮނުއަޅައިފިއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ޓަވަރުތަކާއި އިމާރާތްތަކަށް ހޮނުއަޅާ މަންޒަރު ވަނީ ފެނިފައެވެ.
މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ރާއްޖޭގެ މޫސުން ގޯސްވެ، ބާރަށް ގުގުރާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރޭ ދަންވަރު 12:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް ރީނދޫ ސަމާލު ނުވަތަ 'ޔެލޯ އެލާޓު' ނެރެފައެވެ.
