އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިނގިރޭސި ރަސްގެފާނު ކިންގު ޗާލްސް ތިންވަނައާ ބެހޭގޮތުން އޭނާގެ މަންމަ ބުނެފައިވާ މަޖާ ވާހަކައެއް ހިއްސާ ކުރައްވާފައެވެ. ވައިޓް ހައުސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓްރަމްޕް ވިދާޅުވީ، އޭނާގެ މަންމަ މޭަރީ އޭން މެކްލައުޑް ޓްރަމްޕަކީ އިނގިރޭސި ޝާހީ އާއިލާއަށް ވަރަށް ލޯބިކުރި މީހެއް ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ކުޑައިރު، ޓީވީން ޕްރިންސް ޗާލްސް ފެނުމުން "ޑޮނަލްޑް ބަލާބަލަ، ޗާލްސް ވަރަށް ކިއުޓް ދޯއޭ" މަންމަ ބުނާނެއެވެ. އަދި އޭނާގެ މަންމަގެ ހިތުގައި ޗާލްސްއަށް ހާއްސަ ޝައުގުވެރިކަމެއް އޮންނަ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ މަޖާ ކުރައްވާފައެވެ. މި ވާހަކަ ދެއްކެވި ވަގުތު ކިންގު ޗާލްސްއާއި ކުއީން ކެމީލާ ތިއްބެވީ ވަރަށް ބޮޑަށް ހިނިފުޅު އައިސްފައެވެ.

މިއީ ކިންގު ޗާލްސް ރަސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމެރިކާއަށް ކުރައްވާ ފުރަތަމަ ދައުލަތުގެ ދަތުރުފުޅެވެ. މި ރަސްމިއްޔާތުގައި ޓްރަމްޕް ވަނީ އެމެރިކާއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުމަށް ތައުރީފު ކުރައްވާފައެވެ. މި ބައްދަލުވުމުގެ ވީޑިއޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވަމުންނެވެ.