އިންޑިއާގެ ބިހާރުގެ ސްކޫލެއްގައި، ގޭގައި ހަދަން ދިން ފިލާވަޅު ނުހަދައިގެން ޓީޗަރު އެއްޗެހި ކިޔުމުން، ރުޅިއައިސްގެން މުޅި ސްކޫލް ސުންނާފަތިކޮށްލާނެ ކަމަށް ބުނެ ކުޑަ ދަރިވަރަކު ދިން އިންޒާރެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިގަހިފައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ބިހާރުގެ ސްކޫލެއްގެ ކްލާސްރޫމެއްގެ ތެރޭގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، ޓީޗަރު އެ ކުއްޖާއަށް ފިލާވަޅު ނުހަދާ އައުމުން ނަސޭހަތްދީ ބަސްބުނުމުން، އެކަމާ ހިތްހަމަނުޖެހިގެން ވަރަށް ކެރިހުރެ ޓީޗަރަށް އިންޒާރުދެއެވެ. އެ ކުއްޖާ ބުނަމުން ދިޔައީ އޭނާ ބޭނުންވެއްޖެ ނަމަ މުޅި ސްކޫލް ހަލާކުކޮށްލާނެ ކަމަށާއި، އޭނާއާ ބެހިލަން ނޫޅުމަށެވެ.

މި މަންޒަރު ފެނިފައި ކްލާހުގައި ތިބި އެހެން ދަރިވަރުންނާއި ޓީޗަރުގެ ގާތަށް އައީ ހިންޏެވެ. ކުއްޖާގެ އެ "ޑްރެމެޓިކް" ނުވަތަ އަސަރުގަދަ އިންޒާރުތަކަކީ ސީރިއަސް ކަމެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެންމެންނަށްވެސް އެކަން ވީ ވަރަށް މަޖާ ކަމަކަށެވެ. އެ ކުއްޖާ ވާހަކަދެއްކި ގޮތުގެ ސަބަބުންނާއި އޭނާގެ ކިބައިން ފެނުނު މައުސޫމްކަމުގެ ސަބަބުން އެއްވެސް މީހަކަށް އެކަމާ ރުޅިއެއް ނާދެވުނެވެ.

މި ހާދިސާ އެ ސުކޫލުގެ މުވައްޒަފަކު ފޯނުން ރެކޯޑުކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު، ކުޑަވަގުތުކޮޅެއްގެ ތެރޭގައި މި ވީޑިއޯ ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ މިއީ ސްކޫލް ދައުރުގެ ހަނދާންތައް އާކޮށްދޭ، ހިނިތުންވުން ގެނުވި ވީޑިއޯއެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ބައެއް މީހުން ވަނީ މިއީ ކްލާސްތަކުގެ ފަހަތު ބެންޗުގައި ތިބޭ "ބެކްބެންޗަރުންގެ" ފަރާތުން ފެންނަ ފަދަ އާންމު ކަންތައްތަކެއް ކަމަށް ބުނެ ސަމާސާކޮށްފައެވެ. އަދި ބައެއް މީހުން ބުނި ގޮތުގައި މި ކުއްޖާގެ ރުޅިގަނޑުގެ ފަހަތުގައި ވަނީ ވަރަށް މައުސޫމް ކަމެއް ކަމުން، އެއީ ސީރިއަސްކޮށް ނެގޭނެ ވާހަކައެއް ނޫނެވެ. ކޮންމެއަކަސް މި ކުޑަ ކުއްޖާގެ އިންޒާރު މިވަނީ އިންޓަނެޓުގައި ގިނަ ބަޔަކު ހެއްވާލާފައެވެ.