ކޮންމެ މީހަކުވެސް ބާޒާރުން ބުއިމެއް ގަންނައިރު، އެލުމިނިއަމް ދަޅަކީ ޕްލާސްޓިކް ފުޅިއަށްވުރެ ރައްކާތެރި އެއްޗެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް ހަގީގަތަކީ ކޮންމެ ބާވަތެއްގެ ބުއިމެއް ކަމުގައި ވިޔަސް، ދަޅުގައި ބަންދުކޮށްފައި ހުންނަ ކޮންމެ އެއްޗެއްގެ އެތެރޭގައި ތުނި ޕްލާސްޓިކް ފަށަލައެއް ލެވިފައިވާ ކަމެވެ. ގިނަ ބަޔަކަށް މިކަން ނޭނގުނު ކަމުގައި ވިޔަސް، މިއީ މިއަދު އާންމުކޮށް ބޭނުންކުރާ ހުރިހާ ދަޅެއްގައިވެސް ކަން ހިނގާގޮތެވެ.
މި ޕްލާސްޓިކް ފަށަލަ ދަޅުގެ އެތެރޭގައި ލާންޖެހޭ މައިގަނޑު ސަބަބަކީ ބުއިމުގެ ތެރެއަށް އެލުމިނިއަމްގެ އަސަރުކުރުން ހުއްޓުވުމަށެވެ. އެލުމިނިއަމްއަކީ އެސިޑިކް ތަކެއްޗާ އެކުވުމުން ކެމިކަލް ރިއެކްޝަން ހިނގާ މައުދަނެކެވެ. އެހެންކަމުން، ބުއިމުގައި ހުންނަ އެސިޑިޓީގެ ސަބަބުން ދަޅު ދަބަރަށްވެ، ބުއިމުގެ ރަހަ ބަދަލުވެ، އެލުމިނިއަމްގެ ވިހަ މާއްދާތައް ބުއިމުގެ ތެރެއަށް ދިޔަ ނުދިނުމަށްޓަކައި މި ޕްލާސްޓިކް ފަށަލަ ހުރަހެއްގެ ގޮތުގައި ބޭނުންކުރެއެވެ.
ދަޅުގެ އެތެރޭގައި ބޭނުންކުރާ މި ޕްލާސްޓިކް ފަށަލަތަކުގައި "ބިސްފެނޯލް އޭ" ނުވަތަ އޭގެ ބަދަލުގައި ބޭނުންކުރާ ބީ.ޕީ.އެފް ނުވަތަ ބީ.ޕީ.އެސް ފަދަ ކެމިކަލްތައް ހިމެނެއެވެ. "ހާވާޑް ސްކޫލް އޮފް ޕަބްލިކް ހެލްތު" އިން ކުރި ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދަޅުގައި ބަންދުކުރި ތަކެތި ބޭނުންކުރާ މީހުންގެ ކުޑަކަމުދާ ތަކެތީގައި ބީ.ފީ.އޭ ހުންނަ މިންވަރު، ތާޒާ ތަކެތި ބޭނުންކުރާ މީހުންނަށްވުރެ އެތައް ގުނައެއް އިތުރެވެ. ބީ.ޕީ.އެސް ފްރީ ކަމަށް ބުނާ ދަޅުތަކުގައިވެސް އޭގެ ބަދަލުގައި ބޭނުންކުރާ ބީ.ޕީ.އެފް ނުވަތަ ބީ.ޕީ.އޭ އަކީވެސް ހަމަ އެފަދަ ނުރައްކާތެރި މާއްދާތަކެކެވެ.
މި ކެމިކަލްތަކަކީ އިންސާނާގެ ހަށިގަނޑުގެ ހޯރމޯންތަކުގެ ނިޒާމަށް ބުރޫއަރުވާ "އެންޑޯކްރިން ޑިސްރަޕްޓާސް" ތަކެކެވެ. މީގެ ސަބަބުން ހަށިގަނޑުގެ ގުދުރަތީ ހޯރމޯންތަކުގެ މަސައްކަތަށް ހުރަސްއެޅި، ދަރިމައިވުމުގެ މައްސަލަތަކާއި، ހަކުރު ބައްޔާއި، ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ. މިފަދަ ކެމިކަލްތައް މަދު މިންވަރަކަށް ހަށިގަނޑަށް އެތެރެވުމަކީވެސް ދިގު މުއްދަތުގައި ސިއްހީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.
މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ދޭން އޮތް ލަފަޔަކީ، ބުއިންތައް އިޚްތިޔާރު ކުރާއިރު ދަޅުގެ ބަދަލުގައި ބިއްލޫރި ފުޅީގައި ހުންނަ ތަކެތި ބޭނުންކުރުމެވެ. ބިއްލޫރިއަކީ އެއްވެސް ކެމިކަލް ފަށަލައެއް ބޭނުންކުރަން ނުޖެހޭ، ސިއްހީ ގޮތުން އެންމެ ރައްކާތެރި ވަސީލަތެވެ. މި މުހިންމު މަޢުލޫމާތު އެހެން މީހުންނާ ހިއްސާކޮށް، ދަޅުގައި ހުންނަ ބުއިންތަކުގެ ނުރައްކަލަށް މުޖުތަމައު ހޭލުންތެރިކުރުމަށް އެހީތެރިވެދެއްވާށެވެ. އަމިއްލަ ސިއްހަތަށް ރައްކާތެރިވުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ.
ހަވާލާ؛ ހާވާޑް ސްކޫލް އޮފް ޕަބްލިކް ހެލްތް 2024.
