ގަހަނާގެ ބާޒާރަށް މިހާރު އަންނަމުންދާ ބަދަލުތަކަށް ބަލާއިރު، ފާއިތުވި އަހަރުތަކުގައި މަގުބޫލުވި ކުދި އަދި ތުނި ގަހަނާތަކުގެ ބަދަލުގައި މިހާރު އެންމެ ބޮޑަށް ފެންނަމުންދަނީ 90ގެ އަހަރުތަކުގެ ސްޓައިލްތަކެވެ. މި ބަދަލާއެކު ފެޝަން ދުނިޔޭގައި މިހާރު އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދަނީ ބޮޑެތި އަމިއުލެޓް ފަށްތަކަށެވެ.
ފެޝަން އެކްސްޕާޓުން ބުނާ ގޮތުގައި "އިންޑީ ސްލީޒް" ވައިބްސް ނުވަތަ ނުވަދިހައިގެ އަހަރުތަކުގެ މިނިވަން ސްޓައިލްތައް އަލުން އިއާދަވަމުންދާއިރު، މީހުން މިހާރު ބޭނުންވަނީ ދުރުން ބަލާއިރުވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ފަށްތައް ބޭނުންކުރާށެވެ. މި ފަށްތަކަކީ ހަމައެކަނި ރީތިވުމުގެ އިތުރުން، އަމިއްލަ ޝަހުސިއްޔަތު ހާމަކޮށްދޭ ވަރުގަދަ ނިޝާނެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ދެކެއެވެ.
މި އަހަރުގެ ފެޝަން ޓްރެންޑްތަކަށް ބަލާއިރު، ސޯޝަލް މީޑިއާގައިވެސް މިފަދަ އަމިއުލެޓް ފަށްތައް ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޓޫރިސްޓުންނާއި މަޝްހޫރު ފަންނާނުންގެ މެދުގައިވެސް މި ސްޓައިލް މަގުބޫލުވަމުންދާއިރު، މިއީ އާދައިގެ ހެދުންތަކާ އެކުވެސް ފަސޭހައިން ބޭނުންކޮށްލެވޭނެ ސްޓައިލެއް ކަމަށް ފެޝަން އިންޑަސްޓްރީގެ މީހުން ބުނެއެވެ.
